ތިލަދުންމަތީ ދެކުނުބުރީ ފިނޭ އަކީ ހދ އަތޮޅުގައި އެންމެ ހަލުވި ދުވެލީގައި ތަރައްޤީވަމުން އަންނަ އެއް ރަށެވެ. 600 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ހދ. ފިނޭގެ ރައްޔިތުންނަށާއި އެރަށަށް ޒިޔާރާތްކުރާ ފަަރާތްތަަކަށްވެސް ދިމާވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ލަފާ ފުރުމުގެ ދަތިކަމެެވެ.
ފިނޭގައި މިހާރު ބޭނުންކުރާ ބަނދަރަކީ ވަރަށް ކުޑަ އަދި ޒަމާންވީ ބަނދަރެކެވެ. މިއާއެކު އެރަށުގެ ބަނދަރު އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށްޓަވާފައެވެ. އަދި އެ މަސައްކަތް މިހާރު ހަލުވި ދުލެވީގައި ބާރަށް ކުރިއަށްދެއެވެ.
ހދ. ފިނޭ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢު ފެށުމަށް ސަރުކާރުން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ނޮވެމްބަރުމަހު ތެރޭގައެވެ. މި މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ ފިނޭގައި 248 މީޓަރުގެ ބަނދަރެއް ހެދުމަށެވެ. މި މަސައްކަތް މިހާރު ބާރަށް ކުރިއަށްދެއެވެ.
ފިނޭ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ކޮންޓްރެކްޓަރ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ވިދާޅުވީ، ފިނޭ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ކުއޭ ވޯލް އެޅުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކްތަކުގެ ހަތަރު ވަނަ ޝިޕްމަންޓް މިހާރު ފޯރުކޮށްދީފައިވާކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެ ކޮންކްރީޓް ބްލޮކްތައް ބެހެއްޓުމުގެ މަސައްކަތް ކަމަށްވެސް އެ ކުންފުނިން ވިދާޅުވެއެވެ.
Project Update: Design and Build of Hdh. Finey Harbor
— MTCC Plc (@MTCCPlc) July 6, 2025
Fourth shipment of concrete blocks required for quay wall construction have been delivered to the site. The installation of concrete blocks are currently ongoing.
Follow more updates at: https://t.co/SfVAzkW2pp… pic.twitter.com/NPgVjyitvL
ފިނޭ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން، ބަނދަރުގައި 219 މީޓަރުގެ ބޭރު ތޮށި ލުމާއި، ރިވެޓްމަންޓްޖެހުމާއި ހާބަރ ޕޭވްމަންޓް ހެދުން ހިމެނެއެވެ. މީގެއިތުރުން، ބަނދަރުގެ ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތުގެ އިތުރުން ހައި ސްޕީޑް ފެރީ ނެޓްވޯރކަށް ބޭނުންވާ އެކްސަސް ޕްލެޓްފޯރމެއްވެސް ބަނދަރުގައި ހެދުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫޢު ސަރުކާރުން އެމްޓީސީސީއާ ޙވާލުކުރީ 47 މިލިއަން ރުފިޔާއަށެވެ.