ދީން

ހުކުރަށް އިސްލާމީ މަރުކަޒަށް ދާ ފަރާތަކަށް ސްކައުޓުން އެހީވަނީ


ހުކުރު ދުވަހު
އިސްލާމީ މަރުކަޒަށް ހުކުރު ނަމާދަށް ދާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި
ސްކައުޓް އެސޯސިއޭޝަންގެ ސްކައުޓުން ނަށް އެކަމުގެ މައުލޫމާތު ދިނުމުގެ ސެޝަނެއް
ކުރިއަށް ގެންގޮސްފިއެވެ.



ރޭ އިސްލާމީ
މަރުކަޒުގައި އޮތް މި ސެޝަންގައި އިސްމާމިކް މިނިސްޓަރ ޑޮކްޓަރ އަހްމަދު ޒިޔާދު
ވެސް ބައިވެރިވަޑައިގެންނެވިއެވެ. މިނިސްޓަރ ވިދާޅުވީ ސްކައުޓުންގެ ދައުރަކީ ހުކުރު
ނަމާދަށް ދާ ފަރާތްތަކާއި ، ނަމާދަށް ދާ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް
އެހީތެރިވެދިނުންކަމަށެވެ.

އެގޮތުން މިސްކިތުގެ އެތެރޭގައި ޖާގަ އޮންނައިރުވެސް ބައެއް
ފަރަތްތަކުން ފަސޭހައަށް މިސްކިތުގެ ބޭރުގައި 
މުސައްލަ އަޅައިގެން ނަމާދުކުރާކަން ފާހަގަކުރެވޭ ކަމަށާއި އެހެން ކަމުން
މިސްކިތުގެ އެތެރެއަށް އާއްމުންނަށް ވަނުމަށް އެހީތެރިވުމާއި ، ފުރޮޅުލީ ގޮނޑީގައި
އަންނަ ފަރާތްތަކަށް މިސްކިތަށް ވަނުމަށް އެހީތެރިވެދިނުން ހިމެނޭ ކަމަށެވެ.



ރޭ ގެ ސެޝަންގައި
އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަލީ ވަހީދު ވަނީ މިސްކިތްތަކުގެ
އަދަބާއި ބެހޭގޮތުން ސްކައުޓުންނަށް މައުލޫމާތު ދެއްވާފައެވެ.



ސްކައުޓުންގެ
ތެރޭގައި އަންހެން އަދި ފިރިހެން ސްކައުޓުން ވެސް ހިމެނެއެވެ.