ޚަބަރު

ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓީވްވި މީހުންގެ ތެރެއިން އިތުރު 69 މީހުން ބަލިން ރަނގަޅުވެއްޖެ


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓީވްވި މީހުންގެ ތެރެއިން އިތުރު 69 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.
މިއާއެކު ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 717 އަށް އަރާފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ބަލިން ރަނގަޅުވާ ނިސްބަތް މިހާރު ވަނީ 34 އިންސައްތައަށް ވުރެ މައްޗަށް ގޮސްފައެވެ.
އަދި މިހާރު ކޮންމެ ދުވަހަކުވެސް ޕޮޒިޓިވްވާ މީހުންގެ އަދަދަށް ވުރެ ބަލިން ރަނގަޅުވާ މީހުންގެ އަދަދު އަންނަނ ިއތުރުވަމުންނެވެ. މިގޮތުން މިއަދު 11 މީހުން ޕޮޒިޓިވްވި އިރު 69 މީހުންވަނީ ބަލިން ރަނގަޅުވެފައެވެ.
ފާއިތުވި 3 ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު ޕޮޒިޓިވްވީ، 42 މީހަކު ޕޮޒިޓިވްވި އިރު ޖުމުލަ 113 މީހުން ބަލިން ރަނގަޅުވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ ހާލަތާއި ގުޅިގެން މާލެ ސަރަހައްދު އޭޕްރީލް 15 ގައި ފުރަބަންދު ކުރުމަށް ފަހު، މެއި 29 ވަނަ ދުވަހުގެ ފަހުން ވަނީ ފުރަބަންދަށް ލުއި ދީފައެވެ. އަދި ޖޫން 11 އާއި ހަމައަށް އަންނައިރު، ހާލަތު ރަނގަޅު ނަމަ އިތުރު ލުއިތައްވެސް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.