ތިމާވެށީގެ ދުވަހެއް ފާހަގަކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ތިމާވެއްޓަ ގުޅޭގޮތުން މީހުން ހޭލުންތެރިކުރުމެވެ. އިންސާނުންގެ ރައްކާތެރިކަމަށް ވެށީގެ ރައްކާތެރިކަމަކީ ކިހާ މުހިއްމުކަމެއްކަން އިގްތިޞާދީގޮތުންނާއި ޢާއްމު އިޖުތިމާޢީ އަޚުލާގުގެ މިންގަނޑުން މިނެކިރާއިރު މިއީ މީގެ ކުރިން އިންސާނުންގެ ތެރެއިން ގިނަ ބަޔަކަށް އޮތީ ނުވިސްނި ނުވަތަ އިހުސާސް ނުކުރެވި އެވެ. މީގެ ކުރިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުލަ ގަދަކޮށް ފާހަގަކުރަމުން އައި ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް މިފަހަރު މާބޮޑުކަމެއް ކުރެވެން ނެތް ނަމަވެސް ތިމާވެށީގެ ނަޒަރުން ބަލާއިރު މިއީ ޚާއްސަ ތިމާވެށީގެ ދުވަހެވެ. މިފަހަރު މިދުވަސް ފާހަގަކުރުމަށް ކަނޑައަޅާފައިވާ ޝިޢަރަކީ ޓައިމް ފޯރ ނޭޗަރއެވެ.
ތިމާވެށީގެ މައްސަލަތައް މުޅި ދުނިޔޭގައިވެސް އިތުރުވެ ގުދުތަރީގޮތުން ދިމާވެދާނެ ބޮޑެތި ނުރައްކާތަކުގެ ވަހަކަތައް ޕޯޑިއަމްތަކާއި ފޯރަމްތަކުގައި ސައިންސްވެރިން ދައްކަމުން އައިނަމަވެސް މިއީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައިގަތީ މަދު ޤައުމަކުންކަން މިފަދަ ހުރިހާ ކޮންފަރެންސްތަކެއްގައި ވަނީ ފެނިގެން ގޮސްފައެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު އިންސާނިއްޔަތު ކުރިމަތިލީ މުޅިން ތަފާތު ބިރުވެރިކަމާއެކުގައެވެ. ކޯވިޑްގެ ނުރައްކާ ބޮޑުވެ ޤައުމުތަކުގެ ހިނގުން ހުއްޓުމަކަށް ވަނީ އައިސްފައެވެ. ކޯވިޑްއާއި ގުޅިގެން ޤައުމުތަކުން ޢިއުލާންކުރި ފުރަބަންދުގެ ސަބަބުން ވިޔަފާރިތަކާއި ފެކްޓްރީތަކާއި އެއަރޕޯޓުތަކުގެ އިތުރުން އެއްގަމުގައްޔާއި ކަނޑުގައި ދުއްވާ އުޅަނދުތަކުގެ ދަތުރުތައް ވަނީ ހުއްޓިފައެވެ. މިއީ އިޤްތިޞާދީގޮތުން ޤައުމުތައް ބޮޑު އަދަވަޅަކަށް ވައްޓާލި ބަލިމަޑުކަމެއްގެ ގޮތުގައި އިޤްތިޞާދީ މާހިރުން ވިދަޅުވާއިރު މިކަމާމެދު ތިމާވެށީގެ ދާއިރަގެ ތަޖުރިބާކާރުން ވިދާޅުވަނީ ކުރިމަތިވި ހާލަތުގެ ސަބަބުން ތިމާވެއްޓަށް ހެޔޮބަދަލެއް އައިސްފައިވާކަމަށެވެ.
ދުނިޔޭގެ ގުދުރަތީ ނިޒާމަށް މީގެއިން ކުރި އަސަރުތައް ވަރަށްވެސް ހިތްގައިމުކަމަށް ގިނަ ސައިންސްވެރިންނާއި ތިމާވެށި ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރައްވައެވެ. ސަބަބކީ އެތައް އަހަރުތަކެއް ވަންދެން ދުނިޔޭގެ ޖައްވަށް ބޭރުވަމުންއައި ވިހަ ގޭސްތައް ހުއްޓުމަކަށްއައުމާއި ގުޅިގެން ޖައްވު ސާފުވެ ދުރުފެންނަ ނިސްބަތް މަތިވެގެން ދިޔުމެވެ.
ޖައްވު ނުސާފުވުމުގެ ސަބަބުން ފަރުބަދަތަކާއި ވާދީތަކުގެ ރީތި މަލަތައް ނުފެނި އެތައް އަހަރެއް ދިޔަފަހުން އެމަންޒަރު އަލުން ހަމަލޮލަށް ބަލައިލެވޭނެ ގޮތް ވެގެން ދިޔުން ގިނަ ބަޔަކަށްވީ ބޮޑު އުފަލަކަށެވެ. މިގޮތުންވެސް އެންމެ ފާހަގަކުރެވޭ ތަނަކަށްވީ ނޭޕާލުގައި ހުރި ދުނިޔޭގެ އެންމެ އުސް ފަރުބަދަކަމަށްވާ މައުންޓް އެވަރެސްޓް ސާފުކޮށް 200 ކިލޯ މީޓަރުން ދުރަށް ފެންނަން ފެށުމެވެ. މީގެއިތުރުން ދުނިޔެ ހޫނުވުމާއި ގުޅިގެން އޯޒޯން ފަށަލައަށް ލިބިފައިވާ ގެއްލުންތައް ބާސްރު ސްޕީޑެއްގައި ރަނގަޅުވާކަން ސައިންސްވެރިން ވަނީ ހާމަކޮށްފައެވެ. އެހެންކަމުން މިއީ އެތައް ދުވަހެއްވާންދެން ނޭވާ ނުލެވިފައި އޮތް ދުނިޔޭގެ ގުދުރަތީ ނިޒާމަށް ހަމަ ނޭވާއެއްލާން ލިބުނު ފުރުސަތެއްގެ ގޮތުގައި ތިމާވެށި ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. އިންސާނުންގެ ސަބަބުން ލިބޭ ގެއްލުންތަކުން އަރައިގަތުމުގެ ކުޅަދާނަކަށް މިނިޒާމަށް ލިބިފައިވީނަމަވެސް އިންސާނުންގެ ނުރަނގަޅު އާދަތައް އިތުރުވެ ވެށީގެ ޠަބީއީ ޒާތުގައި ގެއްލުންތައް ފޫބެއްދުމަށް ލިބޭ ފުރުސަތު ހަނިވެފައިވާކަމަށް ސައިންސްވެރިން ފާހަގަކުރައްވައެވެ.
ދުނިޔެއަށް މިކަމުގައި ރަނގަޅު ބަދަލުތަކެއް އައިސްފައިވާއިރު ރައްޖޭގެ ވެއްޓަށްވެސް މިކަމުން ރަނގަޅު ބަދަލުތަކެއް އައިސްފައިވާކަމަށް ރާއްޖޭގެ ތިމާވެށީގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ވިދާޅުވެއެވެ.
އެގޮތުން މިއީ ތިމާވެށީގެ ގޮތުން ހެޔޮބަދަލެއް އައިސްފައިވާ ދުވަސްވަރެއްކަމުން މިކަން މިގޮތުގައި ދެމެހެއްޓުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް މިނިސްޓްރީ އޮފް އެންވަޔަރަމަންޓްގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ފާހަގަކުރައްވައެވެ. އަދި މި ދަނޑިވަޅުގައި ރާއްޖޭގައި ހުރި މައްސަލަތަކުން އަރައިގަތުމަށް ރަނގަޅު ޕްލޭންތަކެއް އެކުލަވާލާ މަސައްކަތްކުރަންޖެހޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"އަޅުގަނޑުމެން ގޯތިތެރޭގައި މަޑުކޮށްލައިގެން ތިބޭއިރު މިހާރު ނުކުރޭ ކުރިން އެކުރާ ދުމުގެ އަސަރެއް. ނޭވާލާއިރު ނުދުވާ ކުރިން އެދުވާ ނުބައިވަހެއްވެސް. މިއީ މަގުތަކުގައި ދުއްވާއެއްވިހި މަދުވުމުގެ ސަބަބުން ނުކުތް ނަތީޖާއެއް. ކޯވިޑާ ގުޅިގެން މިކަން އަޅުގަނޑުމެނަށް މިގޮތުގައި ދެމެހެއްޓޭނެކަން އެނގިގެން މިދިޔައީ." ޒާހިރު ވިދާޅުވިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އިލްހާމް އަތޯ މުޙައްމަދު ވިދާޅުވީ ކޯވިޑް ނަވާރައާއި ގުޅިގެން މިއަހަރު ތިމާވެށީގެ ރޮނގުން ކުރަން ހުރި ގިނަ މަސައްކަތްތަކެއް ހުއްޓި އެކަމުގެ ކަންބޮޑުވުން ދުނިޔޭގެ ހުރިހާ ހިސަބެއްގައިވެސް އެބައޮތްކަމަށެވެ. އަދި މިދަނޑިވަޅަކީ ނާޒުކު އެހެންނަމަވެސް ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެނަމަ ކޯވިޑްގެ ޙާލަތުން އަރައިގަންނައިރު ތިމާވެށީގެ ހިމާޔަތުގައި ރަނގަޅު މަގެއް ޚިޔާރުކުރެވޭނެ ވަގުތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ވިޔަފާރިތައް ކޮޅަށް ޖަހާއިރު ވިސްނަންވީ މިވިޔަފާރީގެ ސަބަބުން ނުވަތަ މިކުންފުނީގެ ސަބަބުން ވެއްޓަށް ކުރަނީ ކޮންކަހަލަ އަސަރެއްތޯ. އޭގެއިން ޕޮލިއުޝަނަށް މަގުފަހިވަނީ ކިހާ މިންވަރަކަށްތޯ. އެކަން ދެނެގަނެ އެފަދަ ކަންކަމުން ދުރުހެލިވާން މަސައްކަތްކުރެވިދާނެ. ޕޮލިއުޝަން މަދު ވާނަމަ ޚަރަދުވެސް ކުޑައެއްބަ ކުރެވޭ. މިއީ ވިޔަފާރިތަކަށްވެސް އެންމެ ރަނގަޅު ގޮތް."
ކޯވިޑް-19ގެ ނުރައްކާ ބޮޑުވުމުގެ ކުރިން ރާއްޖޭގެ ރަށްރަށް ގިރުމުގެ ގިނަ މައްސަލަތަކެއް ކުރިމަތިވިއެވެ. ފަރުތައް ހުދުވުމުގެ ގިނަ ރިޕޯޓުތަކެއް އައިކުރަމުންނެވެ. ރާއްޖޭގެއިތުރުން ދުނިޔޭގެ ގިނަ ހިސާބުތަކުގައި އައީ ތިމާވެއްށީގެ ގިނަ މައްސަލަތަކެއް ކުރިމަތިވަމުންނެވެ. ޖައްވު ހޫނުވުމުގެ ސަބަބުން ބޮޑެތި ޖަންގަލީތައް ރޯވުމާއި ބޮޑެތި ގިނަ ތޫފަންތައް އައުންފަދަ އެތައްކަމެއް ވަނީ ކުރިމަތިވެފައެވެ. މިއީ ހުސް ދުނިޔެ ހޫނުވުމުގެ ސަބަބަބުން އަންނަމުންދާ ބަދަލުތައްކަމަށް ތިމާވެށީގެ ތަޖުރިބާކާރުން ވިދާޅުވެއެވެ. މިހާރު އޮތް ޕެންޑަމިކްގެ ސަބަބުން ދުނިޔެ ހޫނުވުމަށް މެދުވެރިވާ މައިގަނޑު ސިނާއީ މަސައްކަތްތައް ވަނީ ހުއްޓިފައެވެ. ތިމާވެށީގެ ދާއިރާގެ ބޭފުޅުން މިދަނޑީވަޅުގައި އަންނަނީ ޢާއްމު ޙާލަތަކަށްދާއިރު ގްރީން އިކޮނޮމީއަކަށް ދިޔުމަށް ބާރުއަޅުއްވަމުންނެވެ.
ތިމާވެށީގެ ރޮނގުން ރާއްޖެއަކީ އަބަދުވެސް ވަކާލާތު ކުރާ ޤައުމެކެވެ. ރާއްޖޭގައި ތިމާވެއްޓާ ގުޅޭގޮތުން ގިނަ މަސައްކަތްތަކެއް ކުރެވިފައިވާއިރު މިހާރުވަނީ ޕްލާސްޓިކާ ދެކޮޅަށް ޤައުމީ ބޮޑު ކެމްޕޭނެއްވެސް ފަށާފައެވެ. އަދި ތިމާވެށި ޙިމާޔަތްކުރުމުގެ ބޮޑު މަޝްރޫޢުގެ ދަށުން ކޮންމެ އަތޮޅަކުން ކަނޑައެޅޭ ވަކި ސަރަޙައްދުތަކެއް ޙިމާޔަތްކުރުމަށްދަނީ މަސައްކަތްކުރަމުންނެވެ.
އދ.އިން ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ ގޮތުގައި ދުވަހެއް ފާހަގަކުރަން ފެށީ 1972 ވަނަ އަހަރުގައެވެ. މިދުވަސް ރަސްމީކޮށްރާއްޖޭގައި ފާހަގަކުރަން ފަށާފައިވަނީ 1993ވަނަ އަހަރުގައެވެ. މިވީ 27 އަހަރުގެ ތެރޭގައި މިދުވަހަކީ ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރާ ދުވަހެކެވެ. އަދި ރާއްޖެ ވަނީ ތިމާވެށީގެ ރޮނގުން ގިނަކާމިޔާބީތަކެއްވެސް ވަނީ ހޯދާފައެވެ