ޚަބަރު

ރައްޔިތުން ހޭލުންތެރިކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި


ކާރިސާތަކަށް ތައްޔާރުވުމަށް
ޑިޒާސްޓަރ މެނޭޖްމެންޓުން  ރައްޔިތުންނަށް
ދޭ މެސެޖްތައް ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދިނުމާބެހޭ ފަހުމްނާމާއެއްގައި
ޑިޒާސްޓަރ މެނޭޖްމެންޓާއި ޕީއެސްއެމްއާއެކު ސޮއިކޮށްފިއެވެ.



ޕީއެސްއެމްގައި މިއަދު މިކަމަށްޓަކާ
ބޭއްވި ރަސްމިއްޔާތުގައި މި ފަހުމްނާމާގައި ސޮއިކުރެއްވުމަށްފަހު
މައުލޫމާތުދެއްވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލު
ވިދާޅުވީ މީއެސްއެމްގެ ޗެނަލްތަކުން ކުރިންވެސް ރައްޔިތުން ހޭލުންތެރިކުރުވުމަށް
މިފަދަ މެސެޖްތައް ފޮނުވަމުންދާކަމަށާ މި އެއްބަސްވުމުގެ ސަބަބުން މިހާރަށްވުރެ
ހަރުދަނާކޮށް މިކަންކަން ކުރެވޭގޮތްވެ މިކަމަށް އިތުރު ފުރިހަމަކަމެއް
ލިބިގެންދާނެކަމަށެވެ.



މި ފަހުމްނާމާގައި ޑިޒާސްޓަރ
މެނޭޖްމެންޓުގެ ފަރާތުން ސޮއިކުރެއްވުމަށްފަހު މީޑިޔާއަށް މައުލޫމާތުދެއްވަމުން
ސްޓޭޓް މިނިސްޓަރ މުހައްމަދު ޒުހައިރު ވިދާޅުވީ 
ރާއްޖެއަށް ބޮޑަތި ކާރިސާތައް ކުރިމަތި ނުވި ނަމަވެސް މިހާރު ދިމާވާ
ކަންކަމަށްވެސް ރައްޔިތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރި ކުރެވިއްޖެނަމަ އެފަދަ
ހާދިސާތަކުން ލިބޭ ގެއްލުންތައް ކުޑަކުރެވޭނެކަމަށެވެ.