ޚަބަރު

ރުޤުޔާކުރުމުގެ ނަމުގައި މީހުންނަށް ގެއްލުންދިންކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ވަނަވަރު ހާމަކޮށްފި


ރުޤުޔާ ކުރުމުގެ ނަމުގައި މީހުންނަށް ގެއްލުންދިންކަމަށް ތުހުމަތު ކުރެވޭ މީހެއްގެ ވަނަވަރު ހާމަކުރައްވައިފިއެވެ.

ފުލުހުންގެ އިދާރާއިން ވިދާޅުވީ އެމީހާގެ މައުލޫމާތު އާއްމުކުރީ އެމީހާގެ ފަރާތުން ގެއްލުން ލިބިފައިވާ އިތުރު ބަޔަކު ތިބެދާނެ ކަމަށް ބެލެވޭތީ އެމައުލޫމާތު ހޯދުމަށް ކަމަށެވެ.

މިގޮތުން ފޮޓޯގައި އެވާ ގދ. ފަރެސްމާތޮޑާ، މާތޮޑާއަވަށް، ބުޗާގެ، މުޙައްމަދު ނަޞްރުﷲ (55އ) އަކީ ރުޤުޔާ ކުރުމުގެ ނަމުގައި އޮޅުވާލައިގެން މީހުންނަށް އެކިކަހަލަ ގެއްލުންދެމުންދިޔަ މައްސަލައެއްގައި ތުހުަމަތު ކުރެވިފައިވާ މީހެއް ކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އޭނާ އާއި ގުޅޭ ގޮތުން ހުށައެޅިފައިވާ މައްސަލައެއް ތަޙުޤީޤު ކުރަމުންދާކަމުގައިވެސް ފުލުހުންގެ އިދާރާއިން ވަނީ ހާމަކުރައްވާފައެވެ.

އަދި ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން، މުޙައްމަދު ނަޞްރުﷲގެ ފުށުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށުގެ ޝިކާރައަކަށް ވެފައިވާ އިތުރު ބަޔަކު ވެދާކަމަށް ބެލެވޭ ކަމުގައިވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

ވީމާ، މުޙައްމަދު ނަޞްރުﷲ ފުށުން އެފަދަ އަމަލެއްގެ ޝިކާރައަކަށްވެފައިވާ ފަރާތެއް ވާނަމަ، އެ މައްސަލައެއްގެ މައުލޫމާތު ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792358 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.