ޚަބަރު

ކޯވިޑް-19އާ ދެކޮޅަށް އޮތީ ދިގު ހަނގުރާމައެއް- މޯދީ


ކޯވިޑް-19އާ ދެކޮޅަށް ''ދިގު ހަނގުރާމަ''އެއް އިންޑިޔާއިން ކުރަންޖެހޭކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިންޑިޔާގައި އަލަށް ކޯވިޑް-19 ޖެހުނު މީހުންގެ ޢަދަދުވަނީ ރެކޯޑު ޢަދަދަކަށް އިތުރުވެފައެވެ. މޯދީ ވިދާޅުވީ އިންޑިޔާގެ ބޮޑު އާބާދީއާއި މަދު ވަސީލަތްތަކާއެކު ޤައުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާންޖެހިފައިވާކަމާއި ކޯވިޑް-19 ފެތުރޭތީ އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ލޭބަރުންނާއި ބިދޭސީ މަސައްކަތްތެރިން ވަރަށް ދަތި ޙާލުގައި އުޅެންޖެހިފައިވާކަމަށެވެ.

އިންޑިޔާގެ ދާޚިލީ ވުޒާރާއިން ވަނީ އެ ޤައުމުގައި އިޢުލާނުކޮށްފައިވާ ފުރަބަންދު 31 މެއިއަށްވުރެ އިތުރުކުރުން އެކަށީގެންވާކަމަށް ބުނެފައެވެ. ނަމަވެސް އެކަމުގެ އިތުރު ތަފްޞީލް ދީފައެއް ނުވެއެވެ.