ޚަބަރު

މިއަހަރު ނިމުމުގެ ކުރިން ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް ތައްޔާރުވާނެ- ޗައިނާ


2021ވަނަ އަހަރުގެ ކުރިން ކޯވިޑް-19އާ ދެކޮޅަށް ވެކްސިނެއް ތައްޔާރުކުރެވޭނެކަމަށް ޗައިނާގެ ސަރުކާރުން ބުނެފިއެވެ.

ވުހާން އިންސްޓިޓިއުޓް އޮފް ބިޔޮލޮޖިކަލް ޕްރޮޑަކްޓްސާއި ބެއިޖިންގ އިންސްޓިޓިއުޓު އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސިން ކުރިއަށްގެންދާ ވެކްސިން ތަހުލީލުތަކުގައި 2000އަށްވުރެ ގިނަ މީހުންވަނީ ބައިވެރިވެފައެވެ. މިހާރު ކުރިއަށްދަނީ ތަހުލީލުތަކުގެ ދެވަނަ މަރުހަލާއެވެ.

ބެއިޖިންގ އިންސްޓިޓިއުޓު އޮފް ބަޔޮލޮޖިކަލް ޕްރޮޑަކްޓްސަށް އަހަރެއްގެ މައްޗަށް ވެކްސިނުގެ 100 މިލިއަނާއި 120 މިލިއަން ވެކްސިން ޑޯޒް އުފައްދާ ބާޒާރަށް ނެރުމުގެ ޤާބިލްކަން ހުރިކަމަށް އެސެޓްސް ސުޕާވިޝަން އެންޑް އެޑްމިނިސްޓްރޭޝަން ކޮމިޝަނުން ބުނެއެވެ.