ޓީޓީ

ތިންވަނަ ހޮވި މެޗުން މުއީނާ ބަލިވެއްޖެ


އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސް ރަނަރަޕް މުއީނާ މުހައްމަދު ތިންވަނަ ހޮވި މެޗުން މިއަދު ބަލިވެއްޖެއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި މިއަދު ރީޔޫނިއަންގެ ރިވެއިރޭއާ ވާދަކޮށް
ރާއްޖޭގެ ޗެމްޕިއަން މުއީނާ ބަލިވީ ހަތަރު ސެޓް ދެސެޓުންނެވެ.

 މެޗްގެ ފުރަތަމަ ސެޓް 11-3
އިން މުއީނާ ކާމިޔާބުކުރިއިރު ޖެހިގެން އައި ތިން ސެޓްވެސް ހޯދީ ރީޔޫނިއަންގެ
ކުޅުންތެރިޔާއެވެ. މިސެޓްތައް ރިވެއިރާ ހޯދީ 10-12، 8-11 އަދި 10-12 ނެވެ.
މެޗްގެ ފަސްވަނަ ސެޓް 13-11އިން މުއީނާ ހޯދިއިރު، މެޗްގެ ފަސްވަނަ ސެޓް 7-11 ން ހޯދައި
ލޯ މެޑެލް ހޯދީ ރީޔޫނިއަންގެ ރިވެއިރޭއެވެ.



މުއީނާ އަކީ ދެހާސް އެގާރަވަނަ އަހަރު ސިންގަލްސް ބައިން ރިހި މެޑަލް ހޯދި
ކުޅުންތެރިޔާއެވެ. މިއަދު ސެމީފައިނަލްގައި މުއީނާ ވާދަކުރަން ޖެހުނީ އެންމެ
ފަހުގެ ޗެމްޕިއަން ކަމަށްވާ ސީޝެލްސްގެ އަނީސާއާއެވެ. ސެމީ ފައިނަލުން މުއީނާ
ބަލިވީ 4 ސެޓް އެއް ސެޓުންނެވެ. 

މިފަހަރުގެ ގޭމްސްގެ ސިންގަލްސް އިވެންޓްގެ
ޗެމްޕިއަންކަންވެސް ހޯދީ ސީޝެލްސްގެ އަނީސާއެވެ.