ވިޔަފާރި

ލޮކްޑައުންއަށް ލުއިދީ، ވިޔަފާރިތައް ފަށަން ހުއްދަ ދީފި


މާލެ ސަރަހައްދަށް އިޢުލާންކޮށްފައިވާ ލޮކްޑައުންއަށް ސަރުކާރުން ބައެއް ލުއިތައް ދީ، ބައެއް ވިޔަފާރިތައް އަލުން ފެށުމަށް ހުއްދަ ދީފިއެވެ.

ސަރުކާރުން ލޮކްޑައުންއަށް ލުއި ދެއްފައިވަނީ ދެ ހަފްތާގެ މުއްދަތަކަށެވެ. ސަރުކާރުން ދެއްވި ލުއިތަކާއިއެކު ހުއްއްދަދޭ ވިޔަފާރިތަކުގެ ތެރޭގައި ހިމެނެނީ، ސުޕަމާކެޓް، ބޭކަރީތައް، ކަންމަތީ ފިހާރަތައް، ބޭސްފިހާރަތައް، ބުކްޝޮޕްތައް، ކުޑަކުދިންގެ ތަކެތި ވިއްކާ ފިހާރަތައް އަދި މީގެއިތުރުން ހާޑުވެއަރ ފިހާރަތައް ހިމެނެއެވެ. މީގެއިތުރުންވެސް އެހެނިހެން ބައެއް ވިޔަފާރިތަކަށްވެސް ކުރިއަށްއޮތް 2 ހަފްތާގެ ތެރޭގައި ޙިދުމަތް ދިނުމުގެ ހުއްދަ ވަނީ ހެލްތް މިނިސްޓްރީން ދީފައެވެ. މީގެތެރޭގައި ހިމެނެނީ ޑެލިވަރީގެ ޚިދުމަތްތައް، އޮޓޮމޯބައިލް ކޮންސްޓްރަކްޝަން، އިލެކްޓްރޯނިކް ރިޕެއަރކުރުމުގެ ޙިދުމަތް، ވޯކްޝޮޕް ޚިދުމަތްތަކާއި، މަސްމާރުކޭޓްގެ ހިދުމަތެވެ.

އޮންލައިން ވިޔަފާރިކުރުމުގެ ހުއްދަދިން ވިޔަފާރިތަކުގެ ތެރޭގައި މޯބައިލް ފޯން ފިހާރަތަކާއި، އިލެކްޓްރޯނިކް ފިހާރަތަކާއި، ފޮތިފިހާރައާއި ކުޅިވަރު ސާމާނު ފިހާރަތަކާއި، ކޮސްމެޓިކްސް ފިހާރަތަކާއި ރާއްޖޭގައި އުފައްދާ ތަކެތި ވިއްކާ ފަރާތްތައް ހިމެނެއެވެ.

މީގެއިތުރުންވެސް ބޭންކިންގެ ޚިދުމަތްތައް ފުރަތަމަ ދެހަފްތާގައި 3 ދުވަހު ހުޅުވާނެއެވެ. އަދި ދެވަނަ ހަފްތާއިން ފެށިގެން 5 ދުވަސް ވަންދެން ހުޅުވައި ޚިދުމަތްދޭނެއެވެ. ކެފޭ ރެސްޓޯރަންޓްތަކަށްވެސް ކުރިއަށް މިއޮތް ފުރަމަތަ ދެހަފްތާގައި ޑެލިވަރީއާއި ޓެކްއަވޭ ޚިދުމަތްދިނުމަށް ވަނީ ހުއްދަ ދީފައެވެ. އަދި ޓެކްސީއާއި ޕިކަޕްގެ ޚިދުމަތްވެސް ދެވޭނެއެވެ.

ގިނަ އަދަދެއްގެ ވިޔަފާރިތަކަކަށް ހުއްދަ ލިބިގެންދިޔަ ނަމަވެސް ވީހާވެސް ގިނަ މީހުން ބޭރަށް ނިކުމެ ނޫޅެ ކޮންމެހެން ނިކުންނަން ޖެހިއްޖެ ހާލަތެއްގައިވެސް ގައިދުރުކަން އިސްކުރުމަށް ސަރުކާރުން އިލްތިމާސްކުރެއެވެ.