ޚަބަރު

ކޯވިޑް-19 : ބެލެރޫސްއާއި އިނގިރޭސިވިލާތުގައި ތިބި ދިވެހިން ގެންނަނީ


ބެލަރޫސްއާއި އިނގިރޭސިވިލާތުގައި ތިބި ދިވެހިންތަކެއް އަންނަ އާދިއްތަ ދުވަހު ރާއްޖެ ގެނައުމަށް ނިންމާފައިވާކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ. ފޮރިން މިނިސްޓްރީއިން ދަނީ ދުނިޔޭގެ އެކި ޤައުމުތަކުގައި ތާށިވެފައިތިބި ރައްޔިތުންގެ ތެރއިން އަނބުރާ ރާއްޖެއަންނަން ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތް ކުރަމުންނެވެ.

އެކި ޤައުމުތަކުގައި ތާށިވެފައިތިބި ރައްޔިތުންގެ ތެރއިން އަނބުރާ ރާއްޖެއަންނަން ބޭނުންވާ ދިވެހިން ގެނައުމުގެ މަސައްކަތުގެ ތެރެއިމް ބެލަރޫސްއާއި އިނގިރޭސިވިލާތުގައި ތިބި ދިވެހިންތަކެއް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ފޮރިން މިނިސްޓްރީގެ ޑިރެކްޓަރ އޮފް ކޮމިއުނިކޭޝަން މިއުވާން މުހައްމަދު ވިދާޅުވިއެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހު ސްރަލަންކަން އެއަރލައިންސްގެ ފްލައިޓެއްގައި ބެލަރޫސްގައި ތިބި ދިވެހި ދަރިވަރުންގެ ތެރެއިން ރާއްޖެ އަންނަން ބޭނުންވާ 50 ދަރިވަރުން އަދި އިނގިރޭސިވިލާތުން 23 ދިވެހިން އަންނަން ހަމަޖެހިފައިވާކަމަށެވެ. މިކުދިން ރާއްޖެ އައުމަށްފަހު 14 ދުވަހުގެ ކަރަންޓީން މުއްދަތެއް ފުރިހަމަ ކުރަންޖެހޭނެއެވެ.

މިއުވާން ކުރެއްވި ޓުވީޓް

ބެލަރޫސްގައި ފުރަބަންދު އިއުލާންނުކޮށް ގިނަ ދުވަސްވެ އެ ޤައުމުގައި ތިބި ދިވެހިން ރާއްޖެ ނުގެނެވުމުގެ ސަބަބުން މީގެ ކުރިން ދިވެހިންގެ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ވަނީ ފާޅުކޮށްފައެވެ، އޭރު ސަރުކާރުން ވިދާޅުވި، މި ދިވެހިން ގެނެވިފައި ނުވަނީ ކޯވިޑްއާއި ގުޅިގެން ވައިގެ ދަތުރުފަތުރު ހުއްޓި އެ ފަރާތްތައް ގެންނާނެ ފްލައިޓެއް ހަމަނުޖެހުމުގެ ސަބަބުންނެވެ. ސަރުކާރުން މިހާރު ދަނީ ސައުދީގައި ތާށިވެފައިތިބި ދަރިވަރުންތަކެއްވެސް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. މަދީނާ ޔުނިވަސިޓީގެ މިދަރިވަރުން ރާއްޖެ ގެނައުމަށް ބޭނުންވާ ޓިކެޓް ސައުދީ ސަރުކާރުން ސައުދީ އެއަރަލައިންސް މެދުވެރިކޮށް ހަމަޖައްސާދީފައިވާއިރު، މި އެއަރލައިންގެ ދަތުރުތައް ފެށިހާ އަވަހަކަށް މި ދަރިވަރުންވެސް ރާއްޖެ ގެންނާނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ.

ބެލަރޫސްއާއި އިނގިރޭސިވިލާތުގައި ތިބި ދިވެހިންތަކެއް އަންނަ އާދިއްތަ ދުވަހު ރާއްޖެ ގެނައުމަށް މަސައްކަތް ކުރަމުންދާއިރު، ދާދިފަހުން ވަނީ ރާއްޖެ ނާދެވި ތައިލެންޑުގައި ތިބި 26 ދިވެހިން ރާއްޖެ ގެނެސްފައެވެ

މީގެކުރިން އިންޑިއާއާއި ސްރީލަންކާއާއި މެލޭޝިއާގައި ރާއްޖޭ ނާދެވި ތިބި އެތައް ދިވެހިންނަށް ސަރުކާރުން ވަނީ ރާއްޖެ ގެނެސްދީފައެވެ. މިހާތަނަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ރާއްޖެ ނާދެވިތިބި 1000އަށްވުރެ ގިނަ ދިވެހިން ރާއްޖެ ގެނެސްދީފައިވާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.

ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހިން އަނބުރާ ޤައުމަށް އަންނަން ބޭނުންވެއްޖެނަމަ ފޮރިން މިނިސްޓްރީގައި ނުވަތަ އެ ޤައުމުތަކާއި އެންމެ ކައިރީގައިވާ ދިވެހި މިޝަންތަކުގައި ރަޖިސްޓްރީކުރުމަށް ފަޮރިން މިނިސްޓްރީން ވަނީ އެދިވަޑައިގެންފައެވެ.

ރާއްޖޭގައި ތިބި އެހެން ޤައުމުތަކުގެ މީހުންވެސް އެމީހުންގެ އަމިއްލަ ޤައުމަށް ދެވޭނެ އިންތިޒާމް ސަރުކާރުން އަންނަނީ ހަމަޖައްސާދެމުންނެވެ. އެގޮތުން އިންޑިއާ، ބަންގްލަދޭޝް އަދި ތައިލެންޑްގެ އިތުރުން ބައެއް އެހެން ޤައުމުތަކުގެ ރައްޔިތުންވެސް ވަނީ އެމީހުންގެ ޤައުމަށް ފޮނުވާދީފައެވެ.