ތަޢުލީމު

އާ މަންހަޖާއިއެކު ދަރިވަރުންގެ އުނގެނުމަށް ހެޔޮ ބަދަލެއް


ރާއްޖެގައި މިހާރު ތަންފީޒް ކުރަމުންދާ އާ މަންހަޖުގެ ސަބަބުން ދަރިވަރުންގެ އުނގެނުމާއި، މުދައްރިސުންގެ އުނގަންނައި ދިނުމުގެ ފެންވަރު ރަނގަޅު ވަމުން އަންނަ ކަން ފާހަގަކުރެއްވޭ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ހާމަކުރައްވައިފިއެވެ.ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ މަސައްކަތު ބައްދަލުވުން ތަކެއްގެ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ސްޓޭޓް ފޯރ އެޑިޔުކޭޝަން އާދަމް ޝަރީފް ވިދާޅުވީ، މަންހަޖުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް އަންނަ ހެޔޮބަދަލުތައް މިހާތަނަށް ކުރެވިފައިވާ ދިރާސާތަކުން އެނގޭކަމަށެވެ.މިމަސައްކަތު ބައްދަލުވުމުގެ މަޤްޞަދަކީ ކިޔަވައި ދިނުމުގެ ހަރުދަނާ މާހައުލެއް ޤާއިމް ކުރުމަށް އެކްޝަން ރިސާރޗްގެ މުހިންމުކަން މުދައްރިސުންނަށް އަންގައި ދިނުމާއި، އެކްޝަން ރިސާރޗެއް ފަރުމާކޮށް ހިންގާނެ ގޮތުގެ ދަސްކޮށް ދިނުމާއި، ޑާޓާ ހޯދާ އެނަލައިޒް ކުރާނޭ ގަތް ދަސްކޮށް ދިނުމެވެ.މީގެ އިތުރުން ރިސާޗް މަސައްކަތް ކުރާހިތްވާ މުދައްރިސުން ތަކެއް އުފެއްދުން ނުވަތަ ސްކޫލް ތަކުގައި ރިސަޗް ކުރާނޭ މާޙައުލެއް ޤާއިމް ކުރުމުގެ އިތުރުން ތަޢުލީމީ ދާއިރާގައި ހުރި މައްސަލަތައް ފާހަގަކޮށް ހިއްޞާ ކުރާނޭ މާޙައުލެއް ޤާއިމް ކުރުން ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން މައުލޫމާތުދެއްވައެވެ.މިމަސައްކަތު ބައްދަލުވުންތައް މާލޭގެ ތޭރަ ސްކޫލަކުން އަށްޑިހަ ހަތަރު މުދައްރިސަކު ފުރިހަމަކޮށްފައިވެއެވެ.