ދުނިޔެ

އިރާޤުގައި ދިން ބޮމުގެ ހަމަލާތަކެއްގައި 58 މީހުން މަރުވެއްޖެ


އިރާގުގެ ވެރިރަށް ބަޣްދާދުގެ އިރު އުތުރުގައިވާ ބަޢްގޫބާ ސިޓީގައި ސިލްސިލާކޮށް ހިންގި ބޮންގޮއްވުމުގެ ހަމަލާތަކެއްގައި ފަންސަސް އަށް މީހުން މަރުވެ ނުވަދިހަ އެއް މީހުން ޒަޚަމްވެއްޖެއެވެ.މިޙަމަލާތަކުގެ ތެރޭން އެންމެ ގިނަމީހުން މަރުވި ހަމަލާ ދީފައިވަނީ އެރަށުގައިވާ ބާޒާރެއްގައި މީހުން ތޮއްޖެހިފައިވާ ވަގުތެއްގައި ކާރުބޮމެއް ގޮއްވާލައިގެންނެވެ. މިޖަރީމާ ހިންގީ މީހަކު އަމިއްލައަށް މަރުވެގެންކަމަށް އިރާގު ފުލުހުންބުނެއެވެ.މީގެއިތުރުންވެސް ބަޢްގޫބާގެ ދެތަނެއްގައި ބޮންތަކެއް ގޮއްވާލާފައިވެއެވެ. މިތިން ހަމަލާގެ ޒިންމާވެސް އުފުލާފައިވަނީ އިރާގާއި ސޫރިޔާގެ ބޮޑުބައެއް ހިފައިގެންއުޅޭ ހައްދު ފަހަނަޅާފައިވާ އައިއެސް ޖަމާއަތުންނެވެ.