ސިޔާސީ

އެމްއެމްއޭގެ މުވައްޒަފުންނަށް އެތަނުން ލޯނު ނެގޭގޮތަށް ފާސްކޮށްފި


މަރުކަޒީ ބޭންކު، އެމްއެމްއޭގެ މުވައްޒަފުންނަށް އެއޮތޯރިޓީން ލޯނު
ނެގޭގޮތަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. 

މޯލްޑިވްސް މަނިޓަރީ
އޮތޯރިޓ،
އެމްއެމްއޭގެ
ޤާނޫނަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު ހުށައަޅުއްވާފައިވާ އެއިސްލާހު
ފާސްވީ ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣްލަބިއްޔަތުންނެވެ. އެމްއެމްއޭގެ
ޤާނޫނަށް ފަޒާދު ހުށައަޅުއްވާފައިވާ އިސްލާހުގައި ބުނެފައިވަނީ، އެއޮތޯރޮޓީގެ މުވައްޒަފުންނަށް
ދޭ މުސާރައާއި ޢިނާޔަތްތައް ވާންވާނީ، ކަމަށް ޤާބިލު އަދި އެކަށީގެންވާ މީހުން
ޢައްޔަންކުރުމަށާއި، ވަޒީފާގައި ދެމިތިބުމަށް އެކަށީގެންވާ މިންވަރެއްގެ
މުސާރައާއި ޢިނާޔަތްތަކެއް ކަމުގައިކަމަށެވެ.އެގޮތުން އެމްއެމްއޭ ބޯޑުން
ކަނޑައަޅާ އުޞޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން އަދި މިޤާނޫނުގެ ދަށުން
އެކުލަވާލާ ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، އެއޮތޯރިޓީއަށް ލޮނު
ދޫކުރެވިދާނެކަމަށް ބުނެފައިވެއެވެ. އެހެންކަމުން ދިރިއުޅުމުގެ ބޭނުމަށްޓަކައި
ގެއެއް، ފްލެޓެއް ނުވަތަ ގޯއްޗެއް ގަތުމަށާއި، މުވައްޒަފާއި، މުވައްޒަފުގެ
ޢާއިލާގެ ދިރިއުޅުމުގެ ބޭނުމަށްޓަކައި ޢިމާރާތްކުރުމަށް ނުވަރަ ދިރިއުޅޭ ތަން
މަރާމާތު ކުރުމަށް ލޯން ދޫކުރެވިދާނެކަމަށް ބުނެފައިވެއެވެ. އަދި މުވައްޒަފެއްގެ
ދަރިއަކު މަތީ މަޢުލީމް ހާސިލްކުރުމަށްވެސް ލޯން ދޫކުރެވިދާނެކަމަށް މިއަދު
ފާސްކުރި އިސްލާހުގައި ބުނެފައިވެއެވެ.އެމްއެމްއޭ
ގާނޫނަށް ހުށައަޅާ މިއަދު ފަސްކުރި އެއިސްލާހުގައި އިތުރަށް ބުނެފައި ވަނީ އެނޫން
އެހެން ކަމަކަށް ލޯނު ދޫ ކުރެވޭނީ ވަގުތާއި ހާލަތަށް ރިއާޔަތްކޮށ،ް އެކަމަކީ
އެދެވިގެންވާ ކަމެއް ކަމަށް އެމްއެމްއޭގެ ގަވަރުނަރަށް ފެނިއްޖެ ހިނދެއްގައިކަމަށެވެ.މީގެއިތުރުން އެމްއެމްއޭގެ ވެލްފެއަރ އެކައުންޓްގެ ނަމުގައި ފަންޑެއް
ޤާއިންކުރަންވާނެކަމަށާއި، ކޮންމެ މާލީ އަހަރެއްގައި އޮތޯރިޓީއަށް ލިބޭ އާމްދަނީގެ
ވަކި މިންވަރެއް މިފަންޑަށް ޖަމާކުރުމަށް ބޯޑުން ކަނޑައަޅަން ވާނެކަމަށްވެސް
ފަޒާދު ހުށައަޅުއްވާ މިއަދު ފާސްކުރި އިސްލާހުގައި ބުނެފައިވެއެވެ.