ސިޔާސީ

ޚާއްސައެހީއަށް ބޭނުންވާ މަރުކަޒު ހެލްތު މިނިސްޓްރީގެ ދަށަށް


ކ.ގުރައިދޫގައި ހިންގާ ޚާއްޞަ
އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު، ހެލްތު މިނިސްޓްރީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައިވާ ސިޓީފުޅުގައި ވިދާޅުވެފައިވަނީ، ކ.ގުރައިދޫގައި
ހިންގާ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު މިނިސްޓްރީ އޮފް ހެލްތުގެ
ދަށުން ހިނގަމުންދާ ތަނެއްގެ
ގޮތުގައި ހަމަޖެއްސުމަށް ހުށައަޅުއްވާކަމަށާއި، އެމައްސަލަ ދިރާސާ ކުރައްވައި
ގޮތެއް ނިންމެވުމަށް އެދިވަޑައިގަންނަވާކަމަށެވެ. މިމައްސަލަ ދިރާސާކުރުމަށް ވަނީ
ސަރުކާރުގެ މަސުއޫލިއްޔަތުއަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުއްވާފައެވެ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒު މިހާތަނަށް ހިންގަމުން
އައިސްފައިވަނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑާގެ ދަށުންނެވެ.