ވިޔަފާރި

ނާއިބު ރައީސް މޯލްޓާގެ މާލީ ވަޒީރާ ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ
ނާއިބު އަޙްމަދު އަދީބު އަބްދުލް ޣަފޫރު މޯލްޓައަށް މިހާރު ކުރައްވަމުންގެންދަވާ
ރަސްމީ ދަތުރުފުޅުގައި އެގައުމުގެ މާލީ ވަޒީރާއި ބައްދަލުކުރައްވާ އިޤްތިޞާދީ
ދާއިރާއާއި ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. 

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ޝަރަފްގައި
ރޭ ބޭއްވެވި ފަރިއްކޮޅެގައި މޯލްޓާގެ މަލީ ވަޒީރާއެކު މަޝްވަރާ ކުރައްވާފައިވަނީ،
އިޤްތިޞަދީ ދާއިރާތަކުން ގުޅުން ބަދަހި ކުރުމާއި، ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ
ސަރަހައްދުތައް އުފެއްދުމާއިގުޅޭ ގޮތުންނެވެ. އެމަނިކުފާނު އިއްޔެވަނީ، މޯލްޓާގެ
ރައީސާ އާއިވެސް ބައްދަލުކުރައްވާ އިޤްތިޞާދީ ދާއިރާއާއި، އެހެނިހެން ދާއިރާތަކުން
ގުޅުން ބަދަހިކުރުމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. 

އަދި
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ޚާއްސަ ސިޓީ ފުޅެއްވެސް
މޯލްޓާގެ ރައީސާއަށް ނާއިބު ރައީސް އަރުއްވާފައިވެއެވެ.

ނާއިބު ރައީސް މޯލްޓާއަށް
ވަޑައިގަތީ މިސްރުގެ ދެވަނަ ސުވޭޒް ކެނަލް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށް
މިސްރަށް ވަޑައިގަތުމަށްފަހުއެވެ.