ޚަބަރު

ޔޫއެންޑީޕީ އިން ރާއްޖޭގައި ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައިފި


މި
އަހަރުގެ ބައިނަލްއަޤްވާމީ ޒުވާނުންގެ ދުވަހާއި ދިމާކޮށް އދ ގެ ތަރައްޤީ އާއި ބެހޭ
ޕްރޮގްރާމް، ޔޫއެންޑީޕީ އިން ރާއްޖޭގައި ސޯޝަލް މީޑިއާ ކެމްޕެއިނެއް ފަށައިފިއެވެ.



ޔޫއެންޑީޕީއިން
ބުނީ މި ކެމްޕެއިނަކީ ފޮޓޯއާއި ކުދި ވީޑިއޯ ކްލިޕްތަކުގެ ޒަރިއްޔާއިން
ޒުވާނުންނަށް އެމީހުންގެ ޙިޔާލާއި ޝުއޫރު ފާޅުކުމަށް މަހުފަހިކޮށްދިނުމުގެ
މަޤްސަދުގައި ފަށާފައިވާ ކެމްޕެއިން އެއް ކަމަށާއި ފޭސްބުކްއިން ގިނަ ލައިކްސް
ލިބޭ، އަދި އެއްމެ ރަނގަޅު، އުފެއްދުންތެރި އަދި އަމިއްލަވަންތަ މެސެޖެއް
ފޯރުކޮށްދޭ ފޮޓޯ އަދި ވީޑިއޯ ހުށަހަޅާ ފަރާތަކަށް ޔޫއެންޑީޕީއާއިއެކު ފިލްޑްގައި
މަސައްކަތްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.



ހުށަހަޅާ
ފޮޓޯ އަދި ވީޑިއޯ ތަކުގެ ތެރެއިން، ހޮވާލެވޭ ހުށަހެޅުންތައް ޔޫއެންޑީޕީގެ
އޮންލައިން އަދި ޕްރިންޓް މީޑިއާގައި ބޭނުންކުރެވޭނެ ކަމަށްެވެސް ޔޫއެންޑީޕީއިން
ބުނެއެވެ.



ކޮންމެ
އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 12 ވަަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ
ޒުވާނުންގެ ދުވަހުގެ ގޮތުގައެވެ.     



މި
އަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ "ޔޫތު ސިވިކް އެންގޭޖްމެންޓް' ނުވަތަ
'މުޖުތަމައުގައާއި މަދަނީ ކަންތައްތަކުގައި ޒުވާނުންގެ ބައިވެރިވުން.