ޚަބަރު

ވިއްސާރާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުދުއްފުށީގައި އިމަޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށްފި


ކުޅުދުއްފުއްޓަށް މިހާރު ކުރަމުންދާ ވިއްސާރާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުދުއްފުށީ ކައުންސިލްގައި އެމެޖެންސީ އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށްފިއެވެ.

ކުޅުދުއްފުށީ ކައުންސިލުން ވިދާޅުވީ ކުޅުދުއްފުއްޓަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ދިމާވެދާނެ ފެންބޮޑުވުމުގެ ހާދިސާއަކަށް ތައްޔާރުވުމުގެ ގޮތުން އެކައުންސިލްގައި އެމެޖެންސީން އޮޕަރޭޝަން ސެންޓަރެއް ގާއިމުކޮށްފައިވާކަމަށެވެ. އަދި ފެންބޮޑުވެ، ނުވަތަ ވިއްސާރަޔާ ގުޅިގެން އެހީތެރިކަމަށް ބޭނުންވެއްޖެނަމަ އެކައުންސިލްގެ ނަންބަރު 6527189 ގުޅައި ރިޕޯޓްކުރުމަށް ވަނީ އެދިފައެވެ.

އިއްޔެއިން ފެށިގެން ގަދަވަޔާއެކު ކުޅުދުއްފުއްޓަށް ދަނީ ވިއްސާރަކުރަމުންނެވެ. އަދި މިހާރު ކުރަމުންދާ މި ވިއްސާރާގައި ހދ އަތޮޅުގެ ބައެއް ރަށްރަށުގެ ދަނޑުބިންތަކަށްވެސް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.