ސިއްހަތު

އުރީދޫއިން އައިޖީއެމްއެޗަށް ޑިފިބްރިލޭޓާގެ 6 މެޝިން ހަދިޔާކޮށްފި


ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު އެއް ކުންފުނި، އުރީދޫ އިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްލިޓަލް (އައި.ޖީ.އެމް.އެޗް) އަށް ޑިފިބްރިލޭޓާ މެޝިންތަކެއް ހަދިޔާކޮށްފިއެވެ.އައިޖީއެމްއެޗްގައި ބޭއްވި ރަސްމިއްޔާތެއްގައި ހިތުގެ ބަލިތަކުގެ ފަރުވާއަށް ބޭނުންކުރާ އެ މެޝިންތައް ހަވާލުކޮށްދެއްވީ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހު އެވެ. އައިޖީއެމްއެޗްގެ ފަރާތުން އެތަކެއްޗާއި ހަވާލުވީ އެ ހޮސްޕިޓަލްގެ ސީއީއޯ ފަރުހަތު ޝަހީރެވެ.މިރަސްމިއްޔާރުގައި ވާހަކަދައްކަވަމުން އޫރިދޫގެ ސީއީއޯ ވިކްރަމް ސިންހް ވިދާޅުވީ ރައްޔިތުންނަށް ބޭނުންތެރި ކަންކަމުގައި އެހީވުމަކީ އަބަދުވެސް އެ އުރީދޫގެ އަމާޒެއް ކަމަށާއި ސިއްހީ ދާއިރާއަށް އެކި ގޮތްގޮތުން އެހީވާން އެ ކުންފުނިން އަބަދުވެސް ބޭނުންވާ ކަމަށެވެ.މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިޖީއެމް ހޮސްޕިޓަލްގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ އުރީދޫއިން ހަދިޔާކުރި 6 މެޝިނުގެ ބޭނުން ވޯޑްތަކާއި އިމަޖެންސީ ޑިޕާޓްމެންޓްގައި ބޭނުންކުރެވޭނެ ކަމަށާއި ހާއްސަކޮށް އެންބިއުލާންސްތަކުގައި އެ މެޝިން ބޭނުންކުރެވޭނެ ކަމަށެވެ.ހިތަށް ދިމާވާ ކުއްލި މައްސަލަތަކުން ސަލާމަތްކުރަން ބޭނުންކުރާ އެ މެޝިންތަކަކީ ވަރަށް ފަހުގެ މެޝިންތަކެއް ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.