ވިޔަފާރި

ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީން 53 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގޮސްފައިވޭ


މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީސީސީން 53 މަޝްރޫއެއްގެ މަސައްކަތް ކުރިއެއް ގޮސްފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެމްޓީސީސީން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓުގައިވާގޮތުން މި 53 މަޝްރޫޢުގެ ތެރޭގައި އިމާރަތްކުރުމުގެ މަސައްކަތްތަކާއި، ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ހިމެނޭކަމަށެވެ.

މީގެތެރެއިން 4 މަޝްރޫޢެއްގެ މަސައްކަތްވަނީ އެކުއަރޓަރުގެ ތެރޭގައިވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އެ 4 މަޝްރޫޢުއަކީ، ވ.ކެޔޮދޫ ބަނދަރު ތަރައްޤީކުރުމުގެ ފޭސް 2 ގެ މަސައްކަތްތަކާއި، ތ.ވިލުފުއްޓާއި، ރ.ދުވާފަރު އަދި ތ.ތިމަރަފުށި ފުޓްބޯޅަ ގައުންޑުގެ ސަބްބޭސްގެ މަސައްކަތްތަކެވެ.

މީގެއިތުރުން ފުރަތަމަ ކުއާޓަރުގެ ތެރޭގައިވަނީ އާ 11 މަޝްރޫޢެއްގެ މަސައްކަތް ފަށާފައެވެ. އަދި އައު 3 މަޝްރޫއެއް ވަނީ އެމްޓީސީސީއާ ހަވާލުކުރެވިފައެވެ.

މާލީގޮތުން އެމްޓީސީސީއަށް މިއަހަރުގެ ފުރަތަމަ ކުއާޓަރަކީ ކާމިޔާބު ކުއާޓަރެކެވެ. ތަފާސް ހިސާބުތައް ދައްކާގޮތުން އެމްޓީސީސީއަށް މިއަހަރުގެ ފުރަތަމަ ކުއަރޓަރުގައި ސާފު ފައިދާގެ ގޮތުގައި 62.3 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2019 ވަނަ އަހަރުގެ ފުރަތަމަ ކުއަރޓަރާއި އަޅާބަލާއިރު 310.54 އިންސައްތައިގެ އިތުރުވުމެކެވެ.