ޚަބަރު

ތ ގުރައިދޫގައި އިތުރު ބިދޭސީއަކަށް ވެސް ރޭ ވަނީ ހަމަލާދީފައި


ތ ގުރައިދޫގައި ރޭ ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވާއިރު، އިތުރު އެހެން މީހަކަށްވެސް ހަމަލާދީފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ، ތޫނުއެއްޗަކުން ހަމަލާދީ ބިދޭސީ އަކު ޒަޚަމްކޮށްލާފައިވާ މައްސަލަ ފުލުހުންނަށް ހުށައަޅާފައި ވަނީ ރޭގެ މެންދަމުން އަލިވެ 3:12 ހާއިރުގައި ކަމަށެވެ. މިހަމަލާގައިވެސް ޒަޚަމްވެފައިވަނީ، ބިދޭސީއަކަށް ކަމަށާއި، ހަމަލާދީފައި ވަނީ އޭނާގެ ބޮލަށް ކަމުގައިވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މިބިދޭސީ މީހާއަށްވެސް ތ ގުރައިދޫ ސިއްޙީމަރުކަޒުގައި ފަރުވާދެމުންދާކަމުގައި ފުލުހުންގެ އިދާޜާއިން ވަނީ ވިދާޅުވެފައެވެ.

ފުލުހުން ވިދާޅުވީ، މިމައްސަލަ އާއި ގުޅިގެންވެސް އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މިމައްސަލަ ފުލުހުން ތަހުޤީޤު ކުރަމުންދާކަމުގެ ފުލުހުންގެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ރޭގައި ތ ގުރައިދޫގައި ބަނގުލަދޭޝް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާފައި ވާއިރު އެމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.