ތ ގުރައިދޫގައި ބަނގުލަދޭޝް މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލައިފިއެވެ.
ފުލުހުންގެ އިދާރާއިން ވިދާޅުވީ، ތ ގުރައިދޫގައި ބިދޭސީން ދިރިއުޅޭ ގެއެއްގެ ތެރޭގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ މިރޭގެ މެންދަމުން އަލިވެ 1:00 ހާއިރުގައި ކަމަށެވެ.
އަދި ޒަޚަމްވެފައި އޮތް މީހާ، ގުރައިދޫ ސިއްޙީ މަރުކަޒަށް ގެންދެވުނު އިރުވެސް ވަނީ ނިޔާވެފައި ކަމުގައި ޑޮކްޓަރުންނާއި ހަވާލާދީ ފުލުހުން ވަނީ ވިދާޅުވެފައެވެ.
ފުލުން ވިދާޅުވީ، އެމައްސަލަ އާއި ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި، މައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.