އަތޮޅުތައް

އޮސްޓްރޭލިޔާގެ ދަރިވަރުން ޢަމަލީތަޖްރިބާއަށް ކޮމަންޑޫއަށް


އޮސްޓްރޭލިޔާ ޔޫޓީއެލް ޔުނިވާސިޓީގެ ދަރިވަރުން އަމަލީ ތަމްރީނު ހޯދުމުގެ މަސައްމަތް ތަކެއް މިލަންދުންމަޑުލު އުތުރުބުރީ ކޮމަންޑޫގައި ކުރިއަށްގެންގޮސްފިއެވެ. ކޮންސްޓްރަކްޝަން ދާއިރާއިން ގްރެޖުއޭޓްވާ މިދަރިވަރުން ކޮމަންޑޫގައި، ޔޫޓީއެލް ޔުނިވާރސިޓީގެ ޚަރަދުގައި، ޕްރީސްކޫލްގައި ސްޓޭޖްއެޅުމާއި، ށ.އަތޮޅު ތައުލީމީމަރުކަޒު ވޯކްވޭ، އަދި ދަތުރުވެރިންގެ ހިޔާއެއް ހެދުމުގެ މަސައްކަތް ކޮށްފައިވާކަމަށް ކޮމަންޑޫ ކައުންސިލުން ވިދާޅުވެއެވެ. މިމަސައްކަތް ތަކުގެ ބޮޑުބައެއް އެކުދިން ނިންމާލާފައިވައިރު ނުނިމިހުރި މަސައްކަތްތައް އެކުގައި ނިންމުމަށް ބޭނުންވާ ފަންޑް ހަމަޖައްސަދީފައިވާކަމަށް ކޮމަންޑޫ ކައުންސިލުން ވިދާޅުވެއެވެ. ޔޫޓީއެލް ޔުނިވަރސިޓީގެ 21 ދަރިވަރަކު މިމަސައްކަތްތައް  ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވެއެވެ. ވޮލަންޓިޔާ މޯލްޑިވްސް މެދުވެރިވެގެން ކޮމަންޑޫގައި ޔޫޓީއެލް ޔުނިވާސިޓީން މިފަދަ އެހެން ހަރަކާތްތަކެއް އަންނަ އަހަރުވެސް ކުރިއަށް ގެންދާނެ ކަމަށް ކޮމަންޑޫ ކައުންސިލްގެއިދާރާއިން ބުނެއެވެ.