ވިޔަފާރި

ރާއްޖެއިން ބޭރުގައި ތިބި ފަރާތްތަކަށް އޮންލައިންކޮށް ޕާސްޕޯޓް ހެއްދޭނެ އިންތިޒާމް ހަމަޖައްސައިފި


ކޯވިޑް-19ގެ މި ދަނޑިވަޅުގައި ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓް އައުކުރާ ފަރާތްތަތަކަށް ޕާސްޕޯޓަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސައިދީފިއެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ރާއްޖެއިން ބޭރުގައި ތިބެގެން ޕާސްޕޯޓު އާ ކުރުމަށް އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ [email protected] އަށް ކަމަށެވެ.

އެޕްލިކޭޝަން ފުރިހަމަނަމަ ޕޭމަންޓު ލިންކު އީމެއިލް ކުރެވޭނެއެވެ. އަދި ފައިސާ ދައްކާތާ 24 ގަޑިއިރުގެ ތެރޭގައި ޕާސްޕޯޓު ނެމަށް އަމަލު ކުރަންވީ ގޮތުގެ މައުލޫމާތު ޙިއްސާކުރެވޭނެކަމަށް އިމިގްރޭޝަނުން ބުނެއެވެ. މީގެއިތުރުން ރާއްޖޭގައިވެސް މިދުވަސްކޮޅު ޕާސްޕޯޓަށް އެދި ހުށެހެޅުންފަދަ ޚިދުމަތްތައް ހޯދުމަށް ކައުންޓަރަށް ވަޑައިގަތުމުގެ ބަދަލުގައި އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމަށާއި އޮންލައިންކޮށް ޕާސްޕޯޓަށް ފައިސާ ދެއްކެމަށް އިމިގްރޭޝަނުން ވަނީ ރައްޔިތުންގެ ކިބައިން އެދިފައެވެ. އެގޮތުން ޕާސްޕޯޓަށް އެދި ހުށަހަޅާ ތަކެތި ކުލަކޮށް ސްކޭންކުރުމަށްފަހު ޖޭ.ޕީ.އީ.ޖީ ފޯމެޓުގައި އެޓޭޗްކުރުމަށާއި، ފޮޓޯގެ ސޮފްޓް ކޮޕީ އެޓޭޗްކުރުމަށާއި، އީމެއިލްގެ ސަބްޖެކްޓުގައި ވެރި ފަރާތުގެ ފުރިހަމަ ނަމާއި، އައި.ޑީ.ކާޑު ނަންބަރާއި، ގުޅޭނެ ފޯނު ނަންބަރު ހިމެނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅުމުން ފައިސާ ދައްކަންޖެހޭ ޢަދަދާއި، ތަފްޞީލު އީމެއިލް މެދުވެރިކޮށް ފޯމު ހުށަހެޅި އީމެއިލް އެޑްރެސްއަށް ލިބިގެންދާނެކަމަށާއި، އޮންލައިންކޮށް ޕާސްޕޯޓަށް ފައިސާ ދެއްކޭނެކަމަށްވެސް އިމިގްރޭޝަނުން ވިދާޅުވެއެވެ.