އަތޮޅުތައް

ސުޕަރސްޕެޝަލިސްޓުންގެ ޚިދްމަތް އުނގޫފާރު ހޮސްޕިޓަލުންދޭންފަށަނީ


ސުޕަރ ސްޕެޝަލިސްޓް ދެ ޑޮކްޓަރެއްގެ ޚިދުމަތް ފުރަތަމަފަހަރަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ދިނުމަށް ނިންމައިފިއެވެ.ރާއްޖޭގައި ސުޕަރ ސްޕެޝަލިސްޓު ޑޮކްޓަރުންގެ ޚިދުމަތް ދިނުމަށް ސަރުކާރުން ފަށްޓަވާފައިވާ ޕްރޮގުރާމްގެ ތެރެއިން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި މިމަހުގެ 13، 14، މި ދެދުވަހު ޚިދުމަތް ދެއްވާނީ ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރަކާއި، ހަޖަމުކުރުމުގެ ނިޒާމު ނުވަތަ ގޮހޮރުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރުންކަމަށް އާސަންދައިން ހާމަކުރެއެވެ. އެ ޑޮކްޓަރުންނަށް ދެއްކުމަށް ބޭނުންވާ ފަރާތްތަކަށް އެޕޮއިންޓްމަންޓް ހެއްދުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.ނ.ރ.ބ އަދި ޅ އަތޮޅަށް ޚާއްސަކޮށް ޚިދުމަތްދޭ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ސުޕަރ ސްޕެޝަލިސްޓް ޚިދުމަތް ފަށާއިރު، މިހާރުވެސް ބާރަ ދާއިރާއަކުން ސްޕެޝަލިސްޓުންގެ ޚިދުމަތް އެ ހޮސްޕިޓަލުގައި ދަނީ ފޯރުކޮށްދެމުންނެވެ.