ޚަބަރު

ބާކީހުރި ކަދުރު ހޯދުމަށް ނަންނޯޓުކުރަން ހުޅުވާލައިފި


މާލެއާއި ވިލިމާލޭގައި ދިރިއުޅޭ މީހުންނަށް ބަހަން މާލޭ ސިޓީ ކައުންސިލާ ޙަވާލުކޮށްފައިވާ ކަދުރު ހޯދުމަށް ނަންނޯޓުކުރުމުގެ ފުރުސަތު އެކައުންސިލުން ހުޅުވާލައިފިއެވެ.

މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައިވަނީ އިސްލާމިކް މިނިސްޓްރީގެ ފަރާތުން މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަގީރުންނަށް ބެހުމަށް، މާލޭ ސިޓީ ކައުންސިލާ ޙަވާލުކޮށްފައިވާ ކަދުރުތަކުގެ ތެރެއިން، މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ފަޤީރުންނަށް ބެހުމަށްފަހު ބާކީހުރި 2903 ޕަކެޓު ކަދުރު ކައުންސިލްގައި ހުރިކަމަށެވެ.

މާލެއާއި ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންގެ ތެރެއިން ކަދުރު ޕެކެޓު ހޯއްދެވުމަށް އެދިވަޑައިގަންނަވާ ބޭފުޅުން ސިޓީކައުންސިލަށް އެންގުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.