ޚަބަރު

އެޕްރަން ބޮޑުކުރުމުގެ މަސައްކަތް އަންނަމަހު ނިމޭނެ


އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އޭޕްރަން ބޮޑު ކުރުމުގެ މަސައްކަތް އަންނަ މަހުގެ ތެރޭގައި ނިމޭނެ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ އާދިލް މޫސާ ވިދާޅުވެއްޖެއެވެ.އާދިލް މޫސާ ވިދާޅުވީ އޭޕްރަން ބޮޑު ކުރުުމުގެ މަސައްކަތް ނިމުމުން އެތަނުގައި A320  މަރުކާގެ އިތުރު އަށެއްކަ ބޯޓު ބޭއްވޭނެ ކަމަށާއި، ބޮއިންގ 777 މަރުކާގެ އިތުރު ހަތަރު ބޯޓް ބޭއްވޭ ވަރުގެ ޖާގައެއް އިތުރުވާނެކަމަށެވެ. އޭޕްރަން ބޮޑު ކުރުމުގެ މަސައްކަތްވެސް ކުރަމުންދަނީ އެއަރޕޯޓް ރަންވޭ މަރާމާތުކޮށް، ރި ސަރފެސް ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާ ޗައިނާގެ ސިިނޯ ހައިޑްރޯ ކުންފުނިންނެވެ. އެއަރޕޯޓް ރަންވޭ މަރާމާތުކޮށް، ރި ސަރފެސް ކުރުމުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާގުޅޭގޮތުން އާދިލް މޫސާ ވިދާޅުވީ،  މިހާރު ކުރިއަށްދަނީ މަރާމާތުގެ މަސައްކަތަށް ތައްޔާރުވުމުގެ މަސައްކަތްތައް ކަމަށާއި ކަނޑައެޅިފައިވާ ޝެޑިއުލްއާ އެއްގޮތައް މަސައްކަތްތައް ކުރިއަށްދާ ކަމަށެވެ.އެއަރޕޯޓް ރަންވޭ މަރާމާތުކޮށް، ރި ސަރފެސް ކުރުމުގެ މަސައްކަތް ސިނޯ ހައިޑްރޯ އާއި ހަވާލްކޮށްފައިވަނީ ސަތޭކަ ތިރީސް ފަސް ދުވަހުގެތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.