ޚަބަރު

ކޯވިޑް-19 : އިތުރު 12 މީހުން ޕޮޒިޓިވްވެ ބަލިޖެހުނު ޖުމްލަ ޢަދަދު 1106 އަށް


އިތުރު 12 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ ރާއްޖޭގައި މިބަލި ޖެހުނު މީހުންގެ ޢަދަދު 1106އަށް އިތުވެއްޖެއެވެ. ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މިހުންގެ ތެރޭގައި ގިނައީ ބިދޭސީ މަސައްކަތްތެރިންނެވެ.

ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު މިހާރު ދަށްވާން ފަށާފައިވާކަމަށް ނޭޗަނަލް އެމެޖެންސީ އޮޕަރޭޗަން ސެންޓަރުން ވިދާޅުވެއެވެ. ކޮންމެ ދުވަހު 350އަށްވުރެ ގިނަ ސާމްޕަލް ނަގައި ޓެސްޓްކުރަމުން އައިސްފައިވީނަމަވެސް، މިދުވަސްވަރު ވިއްސާރަވުމުގެ ސަބަބުން އެންއީއޯސީގެ އޮޕަރޭޝަނަށް އިތުރު ދަތިތައް ދިމާވެފައިވާކަމަށް އެސެންޓަރުން ވިދާޅުވެއެވެ.

އެގޮތުން މޫސުންގޮސްވުމުން އޮޕަރޭޝަނަށް ލަސްކަމެއް އައިސްފައިވާކަމަށާ، ބަލި މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމާއި އެނޫންވެސް ބައެއް ލަސްތައް އައިނަމަވެސް އެ ވީހާވެސް އަވަހަށް ޓޭސްޓްކޮށް ބަލިމީހުން އެއްތަނުން އަނެއްތަނަށް ބަދަލުކުރަން ޖެހިއްޖެނަމަ އެކަންވެސް ކުރަމުން އަންނަކަމށެވެ.

އެންއީއޯސީން ވިދާޅުވީ، ނަތީޖާ ނުލިބޭ ސާމްޕަލްތަކުގެ ޢަދަދު އިތުރުވެފައިވާކަމަށާއި، އެހެންކަމުން އިތުރު ކޭސްތަކެއްގެ ނަތީޖާ މިރެއާއި މާދަމާ ލިބުމުގެ ފުރުޞަތު ބޮޑުކަމަށެވެ. މިދުވަސްވަރު ގޭބީސީތަކުގައި ދިރިއުޅޭ ޢުމުރުން ދުވަސްވީ މީހުންގެ ސާމްޕަލް ނަގަމުންދާތީ އެކަމަށް ވީހާވެސްބޮޑަށް އެއްބާރުލުން ދިނުމަށް އެސެންޓަރުން ވަނީ އިލްތިމާސްކުރައްވާފައެވެ.