އެވިޑް ކޮލެޖް
މިހާރު ހިންގަމުންގެންދާ އިމާރާތުގެ ބަދަލުގައި އާ އިމާރާތަކަށް ބަދަލުކޮށް އެ ކޮލެޖުގެ އާ ކެމްޕަސް ހުޅުވައިފިއެވެ.
މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކެމްޕަސް ހުޅުއްވައި ދެއްވީ އެޑިޔުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޒްލީން އަޙްމަދުއެވެ.
އަލަށް ހުޅުވި އެވިޑް ކޮލެޖުގެ އާ ކެމްޕަސް ހުޅުވާފައިވަނީ އަމީނީމަގުގައެވެ.
އެވިޑް ކޮލެޖްގެ
ޗެއަރމަން އަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވީ އެ ކޮލެޖުން ސެޓްފިކެޓް ލެވެލް
އަކަކުން ފެށިގެން މާސްޓަރސް ފެންވަރުގެ ކޯސްތައް ހިންގާނެކަމަށެވެ. އަދި އެ ކޮލެޖްގެ
ހިންގުން އާ އިމާރާތަކަށް ބަދަލުކުރީ ކޮލެޖުން ދެމުންގެންދާ ޚިދުމަތް އިތުރަށް
ފުޅާކޮށް އެވިޑް ކޮލެޖުން ތަޢުލީމް ހާސިލްކުރަމުންދާ ދަރިވަރުންނަށް ރަގަޅު
ވަސީލަތްތަކެއް ފޯރުކޮށްދިނުމަށްކަމަށެވެ. އަދި އެ ކޮލެޖުން ހިންގާ
ހުރިހާ ކޯސްތަކަށްވެސް ކުދިން ވެއްދުމުގައި ބަލަނީ މޯލްޑިވްސް ކޮލިފިކޭޝަން
އޮތޯރިޓީން ކަނޑައަޅާފައިވާ މުގައްރަރަށްކަމަށްވެސް މުސްތާގު ވިދާޅުވިއެވެ.އެވިޑް ކޮލެޖުން ބުނީ އެކޮލެޖުން ހިންގާ ބައެއް ކޯސްތަކަށް %50 ޑިސްކައުންޓެއް ލިބޭނެކަމަށެވެ. ފަސްސަތޭކައަށް ވުރެ ގިނަ ދަރިވަރުން އެ
ކޮލެޖުން ތަޢުލީމް ހާސިލްކުރަމުންދާއިރު އެވިޑް ކޮލެޖްގެ ދެ ފެކަލްޓީއެއް މިހާރު
ހުރެއެވެ. އަދި މީގެ އިތުރުން އަލަށް އައިޓީގެ ކޯސްތަކެއް އަންނަ އަހަރު ފެށުމަށް ހަމަޖެހިފައިވާކަމަށްވެސް އެ
ކޮލެޖުން މައުލޫމާތުދެއެވެ.