ޚަބަރު

މޭމަހުގެ ބިލް ތައްޔާރުކުރުމަށް ސްޓެލްކޯގެ ވެބް ޕޯޓަލަށް މީޓަރުގެ ފޮޓޯ ފޮނުވަން އެދިއްޖެ


މިމަހުގެ ކަރަންޓު ބިިލްތައް ތައްޔާރުކުުރުމަށްޓަކައި މީޓަރުގެ ފޮޓޯ ނަންގަވާ ސްޓެލްކޯގެ ވެބްޕޯޓަލްއަށް ފޮނުވުމަަށް އެކުންފުނިން އެޖިއްޖެއެވެ.

ސްޓެލްކޯއިން ނެރުނު ބަޔާނެއްގައި ބުނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލޭ ސަރަހައްދުގައި ފުރަބަންދުގެ ފިޔަވަޅުތައް އަޅާފައިވާތީ ކަރަންޓު ބިލް ތައްޔާރުކުރުމަށް ރީޑިން ނަގަން އެކުންފުނީގެ މުވައްޒަފުން ގޭގެއަށް ދިއުމަކީ، މުވައްޒަފުންނަށްވެސް އަދި އާންމު ރައްޔިތުންނަށްވެސް އެންމެ ރައްކާތެރި ގޮތް ނޫންކަމަށެވެ. އެހެންކަމުން އޭޕްރިލް މަހެކޭ އެއްގޮތަށް މިމަހުވެސް ކަސްޓަމަރުންގެ ކަރަންޓު މީޓަރުގެ ރީޑިން ނެގުމުގައި އެފަރާތްތަކުގެ އެހީތެރިކަމަށް ސްޓެލްކޯއިން ވަނީ އެދިފައެވެ.

މިގޮތުން މީޓަރުގެ ނަންބަރުތަައް ފެންނަ ގޮތަށް ފޮޓޯއެއް ނަންގަވާ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން www.stelco.com.mv/smr ސަބްމިޓްކުރުމަށް ސްޓެލްކޯއިން އެދެއެވެ.

މި ހާލަތުގައި އެންމެންގެ ރައްކާތެރިކަމަށްބަލައި ބިލް ދެއްކުމުގައި ސްޓެލްކޯގެ އެޕްލިކޭޝަނާއި ވެބްސައިޓް ބޭނުންކުރުމަށްވެސް އެކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ. އެކުންފުނިންވަނީ ގޭގެއަށް ކަރުދާސް ބިލް ނުފޮނުވާގޮތަށްވެސް ނިންމާފައެވެ. އަދި މިހާރު ބިލް ފޮނުވަމުން ދަނީ ފޯނަށް އެސްއެމްއެސް ފޮނުވައިގެންނާއި ސްޓެލްކޯ އެޕްލިކޭޝަން މެދުވެރިކޮށެވެ.

ސަރުކާރުންވަނީ އޭޕްރިލް މަހާއި މޭމަހުގެ ކަރަންޓު ބިލުން 40 އިންސައްތަ ކުޑަކުރުމަށް ނިންމާފައެވެ.