ވިޔަފާރި

ކޮކޯގިރި އައިލެންޑް ރިސޯޓް މިއަހަރުގެ ޑިސެމްބަރުމަހު ހުޅުވަނީ


ކޮކޯގިރި އައިލެންޑް ރިސޯޓް މިއަހަރުގެ ޑިސެމްބަރުމަހުގެ 1 ވަނަ ދުވަހު ހުޅުވަން ނިންމައިފިއެވެ.

ކޮކޯގިރި އައިލެންޑް ރިސޯޓަކީ ވ. އަތޮޅުގައި ތަރައްޤީކުރާ މަތީފަންތީގެ ރިސޯޓެކެވެ.

ރިސޯޓުން ބުނީ ވ. އަތޮޅަކީ ރީތި ފަރުތަކެއް ހިމެނޭ އަތޮޅަކަށް ވުމާއިއެކު ސްނޯކުލިންއާއި ސްކޫބާ ޑައިވްކުރަން ބޭނުންވާ ފަތުރުވެރިންނަށް ވަރަށް ޙާއްސަ ރިސޯޓަކަށް މި ރިސޯޓު ވެގެންދާނެކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން ފުރައިގެން މި ރިސޯޓަށް 12 މިނެޓުން ދެވޭ މި ރިސޯޓު ހުޅުވާއިރު، ރިސޯޓުގައި 20 މޫދު ކޮޓަރިއާއި، 20 ބީޗް ކޮޓަރި ހުންނާނެއެވެ. ރިސޯޓުން މަތީ ފަންތީގެ ފަތުރުވެރިކަމަށް ބޭނުންވާ ގިނަ ޙިދުމަތްތަކެއް ލިބެންހުންނާނެކަމަށް އެ ރިސޯޓުން ބުނެއެވެ. މީގެތެރޭގައި ރެސްޓޯރަންޓާއި، ސްޕާއާއި، މޫދުކުޅިވަރުތަކުގެ ހަރަކާތްތައް ހިމެނެއެވެ.

ކޮކޯގިރި އައިލެންޑް ރިސޯޓް ހުޅުވުމަށް ތައްޔާރުވަމުން މިދަނީ ކޯވިޑް19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ހީނަރުވެފައިވާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ ފަތުރުވެރިކަން އަދި ފެށޭނެ ދުވަހެއް ޔަޤީންކޮށް ބުނަން ނޭންގުނު ނަމަވެސް މި ސިނާއަތް އަލުން ކޮޅަށް ޖެހުމުގައި އަމިއްލަ ވިޔަފާރިތަކަށް ބޮޑު ހިއްސާއެއް އަދާކުރެވިދާނެއެވެ. އައު ރިސޯތުތައް ހުޅުވިގެން ދިއުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މިވަގުތު ލިބޭނެ އުންމީދެކެވެ.