ޚަބަރު

ކޯވިޑް19 : މިލަންދޫއާ ތުލުސްދޫ މޮނިޓަރިންގެ ހާލަތުން ނަގައިފި


ކޯވިޑް19 ގެ ޕޮޒިޓިވް ކޭސްތަކެއް ފެނިގެން މޮނިޓަރިންގެ ހާލަތަކަށް ގެނައި ށ. މިލަންދޫއާ މާލެ އަތޮޅު ތުލުސްދޫ މޮނިޓަރިންގެ ހާލަތުން ނަގައިފިއެވެ.

މި ދެ ރަށުގެ ތެރެއިން މިލަންދޫ މޮނިޓަރިންގެ ހާލަތަށް ގެނައީ އުތުރަށް ދަތުރުކުރި އަަމާޒް ބޯޓުން ދަތުރުކުރި މީހަކު އެރަށުން ޕޮޒިޓިވްވުމާއި ގުޅިގެންނެވެ. އެހެންނަމަވެސް މިމީހާ އާއި ބައްދަލުވި މީހުން ދެނެގަނެ ނެގި ސާމްޕަލްތަކުން އެ އެންމެންވެސް ވަނީ ނެގެޓިވްވެފައެވެ.

ތުލުސްދޫ މޮނިޓަރުންގެ ހާލަތައް ގެންދިޔައީ އެރަށުން ބިދޭސީ ބަޔަކު ކޯވިޑް19 އަށް ޕޮޒިޓިވް ވުމުން ކޮންޓެކްޓް ޓްރޭސްކުރުމުގެ މަސައްކަތަށެވެ. އެރަށުން ޖުމްލަ 6 ބިދޭސީއަކު ޕޮޒިޓިވްވިއެވެ.

ކޯވިޑް- 19 އާއި ގުޅިގެން މީހުން އުޅޭ 306 އިމާރާތެއް އަދިވެސް ހުރީ މޮނިޓަރިންގެ ހާލަތުގައެވެ. އަދި ގުދަން ނުވަތަ ފިހާރައިގެ ގޮތުގައި ބޭނުންކުރާ 6 ތަނެއްވެސް ވަނީ މޮނީޓަރިންގައެވެ.

މީގެއިތުރުން މާލެ ސަރަހައްދުގެ އިތުރުން ށ. ނަރަދޫ، ހއ ތަކަންދޫ އަދި ނ މަނަދޫވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ.

ތުލުސްދޫއާ މިލަންދޫ މޮނިޓަރިންގެ ހާލަތުން ނެގުމުން މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން ކޯވިޑް19 އާއި ގުޅިގެން މޮނިޓަރިންގެ ހާލަތުގައި އޮތީ، ހއ. ތަކަންދޫ، ށ. ނަރުދޫ އަދި ނ. މަނަދޫއެވެ.

ކޯވިޑް19 އާއި ގުޅިގެން ގްރޭޓަރ މާލެ ސަރަހައްދު ފުރަބަންދުކޮށްފައިވާއިރު، ކުޅުދުއްފުށި ސިޓީވެސް އޮތީ ފުރަބަންދުގެ ހާލަތުގައެވެ.