ވިޔަފާރި

ޗުއްޓީ އަށް ދިވެހިން އެންމެ ގިނައިން ދަނީ ސްރީލަންކާއަށް


ޗުއްޓީ
ހޭދަކޮށްލުމަށް ދިވެހިން އެންމެ ގިނައިން ދަނީ ސްރީލަންކާއަށް ކަމަށް ސަރވޭއަކުން
ދައްކައިފިއެވެ. މި ސަރވޭ އިން ދައްކާގޮތުން ބޭސް ފަރުވާ އަށް ދިވެހިން އެއްމެ ގިނަ
އިން ދަނީ އިންޑިއާ އަށެވެ.



"ވިޒިޓް
އެބްރޯޑް ސާވޭ" ގެ ނަމުގައި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިނަށް
އަމާޒްކޮށްގެން އިބްރާހިމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގައި އެމްއެމްއޭ އިން ކުރިއަށް
ގެންދިޔަ ސަރވޭ އިން ދައްކާ ގޮތުން ސަރވޭގައި ބައިވެރިވެފައިވާ ތިންހާސް
ފައްސަތޭކަ ނަވާވީސް މީހުންގެ ތެރެއިން އެއްހާސް ދުއިސައްތަ ބައްތިރީސް މީހުނަކީ
ބޭސް ފަރުވާއަށް އިންޑިއާއަށް ދިޔަ މީހުން. އަދި ސަަރވޭގައި ބައިވެރިވެފައިވާ
ފައްސަތޭކަ ފަންސާސް ހަ މީހުންނަކީ ޗުއްޓީ ހޭދަކުރުމަށް ލަންކާއަށް ދިޔަ މީހުނެވެ.



ސަރވޭއިން
ދައްކާގޮތުން ލަންކާއަށް ޗުއްޓީ އަށް ދާ ދިވެހިން އެވްރެޖްކޮށް ބޮަލަކަށް ހަސަތޭކަ
ތިރީސް ޑޮރަލު ހަރަދުކުރާއިރު ލަންކާގައި އާއްމުކޮށް ހޭދަކުރަނީ އެގާރަ ދުވަހެވެ.



ބޭސްފަރުވާއަށް
އިންޑިއާއަށްދާ ދިވެހިން އެޤައުމުގައި އާއްމުކޮށް ސޯޅަ ދުވަސް ހޭދަކުރާ އިރު  އެވްރެޖްކޮށް ބޮަލަކަށް ހަތްސަތޭކަ ތިރީސް ހަތް
ޑޮލަރު ހަރަދުކުރާކަމަށްވެސް އެމްއެމްއޭގެ ސަރވޭއިން ދައްކައެވެ. 



މިދިޔަ ޑިސެމްބަރުމަހުގެ ފަންސަވީހުން އެއްތިރީހަށް
ކުރިއަށް ގެންގޮސްފައިވާ މި ސަރވޭގައި ދިވެހިން އާއްމުކޮށް ދަތުރުކުރާ
މަންޒިލްތަކާއި ޤައުމުން ބޭރަށް ދަތުރުކުރުމުގެ ބޭނުން ފަދަ ކަންތައްތަކުގެ
މައުލޫމާތު އެއްކޮށްފައިވެއެވެ.