ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 8 މީހަކު ރަނގަޅުވެއްޖެއެވެ. މިއާއެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވި މީހުންގެ އަދަދު މިވަނީ 40އަށް އަރާފައެވެ. މީގެތެރޭގައި ހިމެނޭނީ 26 ދިވެހިންނާއި 14 ބިދޭސީންނެވެ.
މި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި މި ބަލި މާލެއިން އެންމެ ފުރަތަމަ ފެނުނު ޖަރީމާގޭ ކްލަސްޓަރއަށް ނިސްބަތްވާ 2 އަހަރުގެ ތުއްތު ކުއްޖާވެސް ހިމެނެއެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ ތެރޭގައި މާލެއިން ފެނުނު އެންމެ ބޮޑެތި ކްލަސްޓަރތަކަށް ނިސްބަތްވާ މީހުންވެސް ހިމެނެއެވެ.
ކޭސްނަމްބަރު އުމުރު ޖިންސު ކްލަސްޓަރ ރަނގަޅުވި ތާރީހް
86 31 އ އޭއެމްއެޗް 10 މޭ
80 35 އ ބީއެންސީ 04 މޭ
79 28 އ ބީއެންސީ 07 މޭ
71 43 އ އެމްއެޗްއެފް 07 މޭ
54 38 ފ - 08 މޭ
30 33 އ ލިލީ 07 މޭ
29 37 ފ ލިލީ 08 މޭ
20 23 ފ އިމްޕޯޓެޑް 6 މޭ
19 19 ފ އިމްޕޯޓެޑް 13 އޭޕްރިލް
18 20 ފ 17 އޭޕްރިލް
17 22 ފ - 13 އޭޕްރިލް
28 47 ފ ބީއާރުބީ 5 މޭ
23 42 އ ޖަރީމާ 7 މޭ
22 2 ފ ޖަރީމާ 7 މޭ
96 48 އ ލިލީ 8 މޭ
ރާއްޖޭގައި މިބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ގިނައީ ޒުވާން އުމުރުފުރާގެ މީހުންނެވެ. އަދި މިބައްޔަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޢަލާމާތް ފެންނަ މީހުންނަށްވުރެ އެއްވެސް އަލާމާތެއް ނުފެންނަ މީހުން ގިނަކަމަށް ނެޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދަޅުވެއެވެ.
ރާއްޖެއިން މިބަލި ޖެހުނު މީހުންގެ ޢަދަދު މިހާރު ވަނީ 955 އަށް އަރާފައެވެ.