ތަޢުލީމު

އިމިގްރޭޝަނަށް އަލަށް ވަންނަކުދިން ޕޮލިޓެކްނިކުން ތަމްރީނު ކުރަނީ


އިމިގްރޭޝަނަށް ވަންނަ ކުދިން ތަމްރީން ކުރުމަށްޓަކައި ޕޮލިޓެކްނިކާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އަދު ސޮއިކުރި މި އެއްބަސްވުމުގެ މަގުސަދަކީ އިމިގްރޭޝަންގެ މުއައްޒަފުން ޕްރޮފެޝަނަލް ބަޔަކަށް ހެދުމުގެ އިތުރުން މަސައްކަތުގެ މާހައުލަށް ނެރުމުގެ ކުރިން ބޭނުންވާ ތަމްރީނާއި ހުނަރު ދަސްކޮށްދިނުމުގެ މަގުސަދުގައި ކުރިޔަށްގެންދާ ޕްރޮގްރާމެއްކަމަށް އެމިގެރޭޝަނުން މައުލޫމާތުދެއެވެ.އިމިގްރޭޝަންގައި ކުރިޔަށްގެންދިޔަ މިރަސްމިޔާތުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިމިގްރޭޝަންގެ ކޮންޓްރޯލަރ މުހައްމަދު އަންވަރާއި އެޑިޔުކެޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ހަނީފްއެވެ. ސޮއިކުރުމުގެ ރަސްމިޔާތުގައި ވާހަކަދައްކަވަމުން އިމިގްރޭޝަންގެ ކޮންޓްރޯލަރ ވިދާޅުވީ ޔުނިވަރ ސިޓީއަކާއި ގުޅިގެން އިމިގްރޭޝަންގެ މުއައްޒަފުންނަށް ކަސްޓަމަރ ޓްރެއިނިނގް ދިނުމަށް ހަމަޖެހިފައިވާކަމަށެވެ."އަޅުގަނޑުމެންގެ ގިނަ މުއައްޒަފުންނަކީ އާމުންނާއި ފޭސްކުރަމުން މަސައްކަތް ކުރަންޖެހޭބައެއް،އެހެންވީމަ އަޅުގަނޑުމެންގެ ކައުންޓަރ ތަކުގައި މަސައްކަތްކުރާ ބޭފުޅުންނަށް ބޭރުގެ ޔުނިވަރ ސިޓީއާއި ގުޅިގެން އަޅުގަނޑުމެން މިކަން ކުރެވޭނެ. އެގޮތުން މި ކުރެވުނު އެއްބަސްވުމުގެ ސަބަބުން އަޅުގަނޑުމެންނަށް ޕޮލިޓެކްނިކްގެ ފެސިލިޓީ ބޭނުން ކުރެވޭނެ. އެހެންކަމުން މިއީ ހުޅުވުނު ވަރަށް ބޮޑު ދޮރެއް" އިމިގްރޭޝަން ކޮންޓްރޯލަރ ވިދާޅުވިއެވެ.ޕޮލިޓެކްނިކްގެ ފަރާތުން މި އެމްއޯޔޫގައި ސޮއިކުރުމަށްފަހު އެޑިޔުކޭޝަން މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ހަނީފް ވިދާޅުވީ ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރަށް ހުޅުވާލާ ކޮންމެދޮރަކަށް ޓެކްނޮލޮޖީގެ ދާއިރާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތްކަމަށެވެ."ދިވެހިރާއްޖޭގެ އިންޑަސްޓްރީތަކުގައި ވަޒީފާ ނެރެންބޭނުންވާ ކޮންމެ ކުުންފުންޏަކުން އައިކަމުގައިވީނަމަވެސް އިންޑަސްޓްރީއަށް ބޭނުންވާ މީހުން ތަމްރީންކުރުމަށްޓަކައި ތައްޔާރަށް އޮތްކަމަށް. ދިވެހިރާއްޖޭގެ އިންޑަސްޓްރީތަކުން ޕޮލިޓެކްނިކްގެ ދޮރުގައި ޓަކިޖައްސަވާ. އިންޑަސްޓްރީތަކުގައި ތިއްބަވާ މީހުން ތަމްރީން ކުރުމަށްޓަކައި އެކަމަށް ބޭނުންވާ ހުރިހާ ސަޕޯޓެއް ދޭނެކަމަށް. އެޑިޔުކޭޝަން މިނިސްޓަރީގެ ޑެޕިއުޓީ މިނިސްޓަރ އިބްރާހިމް ހަނީފް ވިދާޅުވިއެވެ.މި ކޯސް ފުރިހަމަ ކުރާ ފަރާތްތަކަށް ލެވެލް ތިނެއްގެ ސެޓްފިކެޓެއް ލިބޭނެކަމަށް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.އިމިގްރޭޝަނަށް އަލަށްވަންނަ މުއައްޒަފުންނަށް ވަޒީފާ ހަމަޖެހިގެންދާނީ 6 މަސްދުވަހުގެ ޓްރެއިނިގް ކޯހެއް ހިންގުމަށްފަހުގައިކަމަށް ވެސް އިމިގްރޭޝަންނުން މައުލޫމާތުދެއެވެ.