ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒްކުރަމުންދިޔަ 92 އަހަރުގެ ގައިދީއަކު މަރުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދު ފުޅު ވިދާޅުވީ އެ މީހާއަކީ އުމުރުން ދުވަސްވުމުގެ ސަބަބުން ހިނގާބިގާވެ ނޫޅެވޭ މީހެއްކަމަށެވެ.
މި ކަމާ ގުޅިގެން ހިއުމަންރައިޓްސް ކޮމިޝަނަށާއި ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތަކަށް އެކަން އަންގަވާފައިވާކަމަށްވެސް ކޮމިޝަނަރ އޮފް ޕްރިޒަންސް ވިދާޅުވެއެވެ.