ޚަބަރު

ކޯވިޑް-19 : އިންޑިއާއަށް އެނބުރިދާން ބޭނުންވާ މީހުންނަށް އަނެއްކާވެސް ފުރުސަތު ހުޅުވާލައިފި


ކޯވިޑް-19ގެ ޙާލަތާ ގުޅިގެން އެނބުރި އިންޑިއާއަށް ދާން ބޭނުންވާ މީހުންނަށް އަނެއްކާވެސް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އިންޑިއާ ހައިކޮމިޝަނުންވަނީ މި ފުރުސަތުގެ ދަށުން ވަޔާއި ކަނޑުމުގެ މަގުން މީހުން ފޮނުވުމަށް ވަކިވަކިން ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ކޯވިޑް-19ގެ ޙާލަތާ ގުޅިގެން ރާއްޖޭގައި ތާށިވެ އެނބުރި އިންޑިއާއަށް ދާން ބޭނުންވާ ރައްޔިތުނަށް މި ފުރުސަތު ފަހިކޮށްދިނުމައްޓަކައި ދިވެހިރާއްޖެއައި އިންޑިއާ ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންންވެ. އެގޮތުން ރާއްޖެއިން ވައިގެ ދަތުރުތައް ހުއްޓާލަންދެން އެމަގުން މީހުން ފޮނުވާފައިވާއިރު، މި މަގު ބަންދުވުމުން އިންޑިއާގެ މަނަވަރުތައް ފޮނުވައިގެން ނުވަސަތޭކައަށްވުރެ ގިނަ އިންޑިއާ ރައްޔިތުން ރާއްޖެއިން ވަނީ ގެންގޮސްފައެވެ.

ކަނޑުމަގުން ދަތުރުކުރަން އެދޭ މީހުން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15ވަނަ ދުވަހު ރާއްޖެ އަންނަ އިންޑިއާގެ އސްކަރީ މަނަވަރު "އައިއެންއެސް ޖަލާޝްވާ"އިންނެވެ. އިންޑިއާ ހައި ކޮމިޝަނުންވަނީ މި ފަހަރުގެ ދަތުރުގައި ފުރުސަތު ހުޅުވާލާފައިވަނީ އިންޑިއާގެ ކެރެލާ ސްޓޭޓްގެ ރައްޔިތުންނާއި، ލަކްޝަދީބް ޔޫނިއަންގެ ރަށްތަކުގެ ރައްޔިތުންނަށް އެކަނިކަމަށެވެ. މި ދަތުރުކުރުމަށް ހަމަޖެހިފައިވަނީ މާލެއިން އިންޑިއާގެ ކޮޗިންއަށެވެ. މި މީހުންވެސް ކޮޗިންގައި 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަންޖެހޭނެއެވެ. މިއުލަނދުގައި 700 މީހުންނަށް ދަތުރުކުރެވޭނެއެވެ. މީގެ އިތުރުން 200 މީހުންގެ ޖާގައިގެ އިތުރު އަސްކަރީ މަނަވަރެއް ގެނައުމުގެ މަސައްކަތްވެސް އިންޑިއާއިން ދަނީ ކުރަމުންންވެ،

ވައިގެ މަގުން ދާން ބޭނުވާ މީހުންނަށް މި ފިރުސަތު ފަހިކޮށްފައިވަނީ މާލެއިން ދިއްލީ، މުމްބައި ބެންގަލޫރު އަދި ޗެންނައި އަށެވެ. މި ފްލައިޓްތައް ދަތުރުކުރާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާ ހައިކޮމިޝަނުންވަނީ މާލެއިން ދިއްލީއަށް ދަތުރުކުރާ ފްލައިޓްގައި ދެވޭނީ، ދިއްލީ، ބިހާރް، ޕަންޖާބް، ހަރިޔާނާ، ޗަންޑީގަރް، މާދްޔަ ޕްރަދޭޝް، ހިމާޗަލް ޕްރަދޭޝް، އުއްތަރް ޕްރަދޭޝް، އުއްތްރަކަންޑް، ޗަޓިސްގަރް، ޖާކަންޑް، އޮޑީޝާ، މެހްލްޔާ، ރާޖިސްތާން އަދި އަސާމްއަށް ކަމަށެވެ. މީގެ އިތުރުން މަގަލްޔާ، ސިއްކިމް، މަނިޕުރް، ޓްރިޕޫރާ، ނަގަލަންޑް، މިޒޯރަމް، އަރޫޗަލް ޕްރަދޭޝް، ޖަންމޫ އަދި ކަޝްމީރްގެ މީހުންވެސް ދަތުރުކުރުމަށް ހަމަޖެހިފައުވަނީ މި ފްލައިޓުންނެވެ.

އިންޑިއާ ހައި ކޮމިޝަނުން ކުރި ޓުވީޓް

މާލެއިން ބެންގަލޫރަށް ދަތުުރުކުރާ ފްލައިޓްގައި ދަތުރުކުރާނީ، ކަރްނާޓަކާ، ޓެލެނަގާ އަދި އަންދްރަ ޕްރަދޭޝްގެ ރައްޔިތުންންވެ. މުމްބައި ފަލްއިްޓްގައި މަހަރާޝްޓްރަ ގޯއާ އަދި ގުޖްރާތްގެ ރައްޔިތުން ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ޗެންނާއި ފްލައިޓްގައި ޓަމިލްނާޑޫ އަދި ޕުޑުޗެރީގެ ރައްޔިތުން ދިއުމަށް ވަނީ ފުރުސަތު ހޅުވާލާފައެވެ.

އިންޑިއާ ހައި ކޮމިޝަނުން ކުރި ޓުވީޓް

އިންޑިއާ ސފީރު ސަންޖޭ ސުދީރް ވިދާޅުވިގޮތުގައި ރާއްޖޭގައި މިވަގުތު އިންޑިއާގެ ހަތާވީސް ހާހަށްވުރެ ގިނަ ރައްޔިތުން ދިރިއުޅެމުންދެއެވެ. މީގެ ތެރެއިން ހަތަރުހާސް ފަސްސަތޭކަ މީހުން އަނބުރާ ޤައުމަށް ދިއުމަށް ހައި ކޮމިޝަންގައި އެދިފައިވާކަމަށެވެ. މީގެ ތެރެއިން 1800 މީހުން ކަނޑުމަގުން ގޮނުވާލެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މި އިންތިޒާމުގެ ދަށުން އިޖުތިމާޢީ ގައިދުރުކުކަން އިތުރުކޮށް ރައްކާތެރިކަމާއެކު މީހުން ގެންދެވޭނެކަމަށް އިންޑިއާގެ ހައި ކޮމިޝަނަރ ވިދާޅުވިއެވެ.