ވިޔަފާރި

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މީރާގެ އޮފީސްތައް ޤާއިމްކުރަނީ


އަންނަ
އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް މީރާގެ އޮފީސްތައް
ޤާއިމްކުރެވިގެންދާނެ ކަމަށް އެ އޮތޯރިޓީއިން ހާމަކޮށްފިއެވެ.



މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ،
މީރާގެ ޓެކްސް ޕޭޔާރ ސަރވިސްގެ ޑިރެކްޓަރ ޖެނެރަލް އަހުމަދް ޝަރީފް ވިދާޅުވީ
މިހާރު މީރާގެ އޮފީސްތައް ނުހުންނަ އަތޮޅުތަކުން ޖެހެނީ އަތޮޅު ކައުންސިލްތައް
މެދުވެރިކޮށް މީރާގެ ޙިދުމަތްތައް ހޯދަން ކަމަށާއި މީރާގެ އޮފީސްތައް ހުރިހާ
އަތޮޅެއްގައި ޤާއިމްކުރެވިގެން ދިޔުމުން ރަށްރަށުގައި ދިރިއުޅޭ ފަރާތްތަކަށް ލުއިފައްސޭހަވެގެންދާނެ
ކަމަށެވެ.



ޝަރީފް ވިދާޅުވީ މިހާރު މީރާގެ އޮފީސްތައް
ޤާއިމްކުރެވިފައިހުރީ ރާއްޖޭގެ ތިން އަތޮޅެއްގައި ކަމަށާއި މިހާރު އަތޮޅުތަކުގައި ޤާއިމްކޮށްފައި
ހުރި އޮފީސްތަކުން ފޯރުކޮށްދޭ ޙިދުމަތްތައް އިތުރަށް ފުޅާކުރުމަށް ވެސް މީރާއިން ނިންމާފައިވާ
ކަމަށެވެ.