ޚަބަރު

ކޯވިޑް-19 : ޑަބްލިއުއެޗްއޯއިންދޭ އިތުރު 5000 ޓެސްޓްކިޓް މާދަމާ ރާއްޖެ ގެންނާނެ - އެންއީއޯސީ


ޑަބްލިއުއެޗްއޯއިން ފޯރުކޮށްދޭ އިތުރު 5000 ޓެސްޓްކިޓް މާދަމާ ރާއްޖެ ގެންނާނެކަމަށް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެންއީއޯސީގެ ނޫސްވެެރިންގެ ބައްދަލުވުމުގައި މަބްރޫކް އަޒީޒް ވިދާޅުވީ، ޑަބްލިއުއެޗްއޯއިން ދެނީ ޕީސީއާރު ޓެސްޓްކިޓް ކަމަށާއި، އެކިޓްތައް މާދަމާ ލިބޭނެކަމަށެވެ. ކޮރޯނާ ވައިރަސް ދެނެގަތުމަށް ރާއްޖޭގައި ދެވައްތަރެއްގެ ތެސްޓެއް ހަދާއިރު، ޕީސީއާރު ޓޭސްޓަކީ ކޯވިޑް-19 ބަލި ޖެހިފައިވާ މީހުން އަވަހަށް ދެނެގަތުމަށް ޓެސްޓްހަދާ ކިޓްތަކެެވެ.

ކޯވިޑް-19 އަށް ޓެސްޓްކުރެވޭ ކިޓް ރާއްޖެއަށް އެންމެފުރަތަމަވެސް ފޯރުކޮސްދިނީ ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިންނެވެ.
އެގޮތުން އެކަމިއްޔާއިންވަނީ ކޮރޯނާވައިރަސް ހުރިތޯ ދެނެގަންނަ ޓެސްޓްކިޓާއި ސީދާ ކޯވިޑް-19 ދެނެގަންނަ ޕީސީއާރު ޓެސްޓްކިޓްވެސް ރާއްޖެއަށް ހަދިޔާކޮށްފައެވެ. ޑަބްލިއެޗްއޯގެ އިތުރުން އަވަައްޓެރި ޤައުމުތަކާއި، ދޭދޭ ޤައުމުތަކުގެ އިތުރުން ބޭރުގެ ވިޔަފާރިވެރިންވެސް ވަނީ ރާއްޖެއަށް ބޭނުންވާ ގިނަ އަދަދެއްގެ ޓެސްޓްކިޓް ހަދިޔާކުރައްވާފައެވެ.