ޚަބަރު

ކޯވިޑް19: އިތުރު މީހަކު ރަނގަޅުވެ، ބަލިން ރަނގަޅުވި މީހުންގެ އަދަދު 30އަަށް


ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި އިތުރު މީހަކު ރަނގަޅުވެ، ރާއްޖޭގައި މި ބަލިން ރަނގަޅުވީ މީހުންގެއަދަދު 30 އަށް އަރައިފިއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ އެޕިޑިމޮލަޖިސްޓް، ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ބަލިން ރަނގަޅުވެފައިވަނީ ކޭސް ނަންބަރު 86 ކަމަށެވެ. އެނާއަކީ 31 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ބަލިން މިހާތަނަށް ރަނގަޅޔވެފައިވަނީ 17 ދެވެއްސަކާއި، 13 ބިދޭސީންނެވެ.

ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު 835 އަށް އަރާފައިވާއިރު، މީގެ ތެރެއިން ގިނަ މީހުންނަކީ ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ މީހުންނެވެ. ދެން ބަލިޖެހޭ މީހުންގެ ތެރެއިން އަލާމާތްތައް ފެންނަ މީހުންނަށްވެސް ފަރުވާދެނީ އައިސޮލޭޝަން ފެސިލިޓީތަލުގައެވެ. މިބަލިޖެހިފައިވާ މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލާއި ޓްރީޓޮޕް ހޮސްޕިޓަލުގައިވެސް ބަޔަކަށްދަނީ ފަރުވާދެމުންނެވެ. މީގެތެރެއިން ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާދެމުންދަނީ އުމުރުން ދުވަަސްވީ މީހުންނާއި އެންމެ ބޮޑަށް ހާލު ސީރިއަސްވާ މީހުންނަށެވެ. ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭމީހުގެ ތެރޭގައި ކުޑަކުދިންނާއި، މާބަނޑުމީހުން ހިމެނެއެވެ.