ވިޔަފާރި

ރާއްޖެ- ޗައިނާ: ފްރީޓްރޭޑް އެގްރީމެންޓާބެހޭ މަޝްވަރާފަށަނީ


ރާއްޖެއާއި ޗައިނާ އާއި ދެމެދު ޤާއިމްކުރާ މިނިވަން އިޤްތިސާދީ އެއްބަސްވުން، ނުވަތަ ފްރީ ޓްރޭޑް އެގްރިމެންޓާއި ގުޅޭގޮތުން ދެޤައުމުން އެއްބަސްވާ ކަންތައްތައް ކަނޑައެޅުމަށްޓަކައި ދެ ޤައުމުގެ ދެމެދުގައި ބާއްވާ މަޝްވަރާ ބައްދަލްވުންތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.މިނިސްޓަރ ސައީދު ވިދާޅުވީ މިނިވަން އިޤްތިސާދީ އެއްބަސްވުމެއް ޤާއިމްކުރުމާއި ގުޅޭ ފީސިބިލިޓީ ސްޓަޑީ މިހާރު ނިމިފައިވާ ކަމަށާއި ޗައިނާ އާއި ރާއްޖެއާއި ދެމެދު މިނިވަން އިޤްތިސާދީ އެއްބަސްވުމެއް ޤާއިމްކުރުމުގެ މަސައްކަތް މިދަނީ ޝެޑިއުލްގައިވާ ތާރީހުތަކާއި އެއްގޮަތަށް ކަމަށެވެ.މި އަހަރު ނިމުމުގެ ކުރިން ދެ ޤައުމުގެ ދެމެދު ފްރީ ޓްރޭޑް އެގްރިމެންޓެއް، ނުވަތަ މިނިވަން އިޤްތިސާދީ އެއްބަސްވުމެއްގައި ސޮއި ކުރެވިގެންދާނެ ކަމަށް މީގެ ކުރިން މިނިސްޓަރ ސައީދު ވަނީ ވިދާޅުވެފައެވެ.އެހެން ގައުމަކާއެކު ރާއްޖެއިން ގާއިމްކުރާ މިނިވަން ވިޔަފާރީގެ ފުރަތަމަ އެއްބަސްވުމުގައި ޗައިނާއާ އެކު ސޮއިކުރަން ނިންމީ މިދިޔަ ޑިސެމްބަރު މަހު ޗައިނާގެ ވެރިރަށް ބެއިޖިންގައި ބޭއްވި، ރާއްޖެ-ޗައިނާ ޖޮއިންޓް ކޮމިޝަންގެ ފުރަތަމަ ބައްދަލުވުމުގައެވެ. އެއީ ފީސިބަލް ކަމެއްތޯ ބެލުމުގެ މަސައްކަތް ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގައެވެ.