ޓީޓީ

އަންހެން ޑަބަލްސް ލޯ މެޑަލް ރާއްޖެއަށް




އިންޑިއަން
އޯޝަން އައިލެންޑް ގޭމްސްގެ ޓޭބަލް ޓެނިސްގެ ވިމެންސް ޑަބަލްސްގެ ތިން ވަނަ ހޮވި
މެޗުގައި ރާއްޖޭގެ ޖުމާނާ ނިމާލް އާއި މަރިޔަމް ޝަފީގް ގެ ޕެއާ 3-1
ސެޓުން ބަލިކޮށް ރާއްޖޭގެ މުއީނާ މުހައްމަދާއި ޝިއުރާ ޝަރީފްގެ ޕެއާ ލޯ މެޑަލް
ހޯދައިފި އެވެ.



މިއީ
މި ފަހަރުގެ ގޭމްސްގައި ޓޭބަލް ޓެނިހުން ހޯދި ދެ ވަނަ މެޑަލެވެ. ޓީޓީގައި، ވިމެންސް ޓީމު އިވެންޓުން ރާއްޖޭގެ އަންހެން ޓީމް ވަނީ ލޯ
މެޑަލް ހޯދައިފަ އެވެ.



މި
މެޗު މުއީނާ އާއި ޝިއުރާގެ ޕެއާ ކާމިޔާބުކުރީ 3-1 ސެޓުންނެވެ. ފުރަތަމަ ސެޓު
ފަސޭހަކަމާ އެކު 11-5 އިން މުއީނާ އާއި ޝިއުރާ ކާމިޔާބުކުރި ނަމަވެސް ދެ ވަނަ ސެޓު
6-11 އިން ކާމިޔާބުކޮށް ޖުމާނާ އާއި ޒިއުނީގެ ޕެއާ އިން އުއްމީދު އާކުރި އެވެ.
ތިން ވަނަ ސެޓު މުއީނާ އާއި ޝިއުރާގެ ޕެއާ 11-5 އިން ކާމިޔާބުކުރުމުން ނަތީޖާ
ނެރެން ހަތަރު ވަނަ ސެޓެެއް ކުޅެން ޖެހުނެވެ. މި ސެޓު 11-4 އިން ކާމިޔާބުކޮށް
މުއީނާ އާއި ޝިއުރާގެ ޕެއާ އިން ލޯ މެޑަލް ހޯދި އެވެ.





ލޯ މެޑަލް ހޯދި މެޗަށްފަހު ޝިއުރާ ބުނީީ މިއީ އޭނާގެ ކެރިއަރުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ ކަމަށާއި، ކުރިއަށްހުރި ސިންގަލްސް މެޗްތަކުން ރަނގަޅު ކާމިޔާބީއަކަށް އުއްމީދު ކުރާކަމަށް. ރާއްޖޭގެ އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާ މުއީނާ ބުނީ އެންމެ ބޮޑު އުފަލަކީ ޤައުމަށް ހޯދަދެވޭ ކާމިޔާބީ ކަމަށް. " ވަރަށް ބޮޑު އުފަލެއް ލިބިއްޖެ، ދެމެޑަލްއާއެކު އިތުރު މެޑަލްތަކަކަށް އިންތިޒާރު ކުރަން" މުއީނާ ބުންޏެވެ.