ޚަބަރު

ކޯވިޑް-19 : ކުރީސަފުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އިތުރު އެލަވެންސެއް

ކޯވިޑް-19ގެ ޙާލަތާއު ގުޅިގެން ކުރީސަފުގައި މަސައްކަތް ކުރާ ފަރާތްތަކާއި ސިއްޙީ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކުގެ މުސާރަ ކުޑަނުކުރާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާޙިމް އަމީރު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފިނޭންސް މިނިސްޓަރ ވިދާޅުވީ މި ޙާލަތާއި ގުޅިގެން ކުރީ ސަފުގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރަ ކުޑަނުކުރަން ސަރުކާރުން ނިންމަވާފައިވާ ނިންމެވުމާއެކު އެ މުވައްޒަފުންނަށް އިތުރު އެލަވެންސެއްވެސް ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށެވެ.

މި އެލަވެންސް ދިނުމަށް ހަމަޖެހިފައިވަނީ ކުރީސަފުގައި މަސައްކަތް ކުރާ މުވައްޒަފުން 3 ގިންތިއަކަށް ބަހާލައިގެންނެވެ.

މީގެ ތެރެއިން ފުރަތަމަ ގިންތީގައި ހިމެނެނީ ކުރީސަފުގައި މަސައްކަތްކުރާ ޑޮކްޓަރުންނާއި ނަރުހުންނާއި ކޯވިޑް-19އަށް ޓެސްޓް ކުރުމުގައި ޙަރަކާތްތެރިވާ މުވައްޒަފުންނާއި ލެބް ޓެކްނީޝަނުންނާއި ބައްޔަށް ޕޮޒިޓިވްވާ މީހުން އެއްތަނުން އަނެއްތަނަށް ގެންދިޔުމުގައި ޙަރަކާތްތެރިވާ މުވައްޒަފުންނެވެ. މި މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވަނީ ދުވާލަކަށް 500 ރުފިޔާއެވެ.

ދެވަނަ ގިންތީގައި ހިމެނެނީ ކުރީސަފުގައި މަސައްކަތްކުރާ މީޑިއަމް ރިސްކް މީހުންނެވެ. މީގެ ތެރޭގައި ހިމެނެނީ ބައްޔަށް ޕޮޒިޓިވްވާ މީހުންނަށް ސީދާ ގޮތުން ޚިދުމަތް ދޭން ނުޖެހުނުނަމަވެސް ޚިދުމަތްދޭ ފަރާތްތަކާ ސީދާ ގޮތުން ދިމާވެ މަސައްކަތް ކުރާ މީހުންނެވެ. މިމީހުންގެ ތެރެއިން މަސައްކަތަށް ނިކުންނަ މުވައްޒަފުންނަށް ކޮންމެ ދުވަހަކަށް 250 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ތިންވަނަ ގިންތިއަކީ ކުރީސަފުގައި މަސައްކަތްކުރާ ލޯ ރިސްކް މުވައްޒަފުންގެ ތެރެއިން މިހާރުވެސް ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުގައި މަދުވެގެން 6 ގަޑިއިރަށް މަސައްކަތްކުރާ މުވައްޒަފުންނެވެ. އެ މުވައްޒަފުންނަށް ދުވާލަކަށް 200 ރުފިޔާގެ އެލަވެންސެއް ދިނުމަށް ވަނީ ނިންމަވާފައެވެ.

"އެޗްޕީއޭގައި މަސައްކަތް ކުރާ މީހުންނާއި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީއާއި ސިއްޙި މަރުކަޒުތަކުގައި މަސައްކަތް ކުރާ އެއްވެސް މީހެއްގެ މުސާރަ ނުކެނޑޭނެ." ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ފްރަންޓްލައިންގައި މަސައްކަތްކުރި ނަމަވެސް މި އެލަވެންސްތައް ނުލިބޭނެ މީހުންވެސް ތިބޭނެކަމަށެވެ. އެގޮތުން ޤާނޫނު އަސާސީގެ 115ވަނަ މާއްދާގެ ދަށުން އައްޔަންކުރާ ސިޔާސީ މަސައްކަތް ކުރާ މީހުންނާއި ހައި ރިސްކް ކެޓަގަރީގައި ހިމެނޭ މީހުން ފިޔަވާ ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރައަށް ވުރެ މަތިން މުސާރައާއި އެލަވަންސް ލިބޭ މީހުންނާއި ކޯވިިޑް-19 އާ ގުޅިގެން އެ މީހަކު މަސައްކަތް ކުރާ އޮފީހަކުން އެލަވެންސެއް ދޭނަމަވެސް މި އެލެވެންސެއް ނުލިބޭނެކަމަށެވެ.