ޚަބަރު

ނައިބުރައީސް މިސްރަށް ފުރާވަޑައިގެންފި


ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަޙްމަދު އަދީބު ޢަބްދުލްޣަފޫރު، މިޞްރަށް ކުރައްވާ ރަސްމީ ދަތުރުފުޅެއް މިއަދު ފަށްޓަވައިފިއެވެ. އެމަނިކުފާނުގެ މިދަތުރުފުޅަކީ، ދެވަނަ ސުއެޒް ކެނަލް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވައެވެ. މިއީ ނައިބް ރައީސް މަޤާމާ ހަވާލުވެވަޑައިގެން ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.ދެވަނަ ސުއެޒް ކެނަލަކީ މިޞްރުގައި މިހާރު އޮތް 164މީޓަރުގެ ސުއެޒް ކެނަލްއާ އިންވެގެން 35 ކިލޯމީޓަރަށް ކޮނެފައިވާ މަގެކެވެ.މިޞްރުގެ ދެވަނަ ސުއެޒް ކެނަލް މާދަމާ އާއްމުނަށް ހުޅުވާލާއިރު، މި ކެނަލަކީ މިސްރުގެ ރައީސް އަބްދުލްފައްތާހު އަލްސީސީގެ އިޤްތިސާދީ ސިޔާސަތުގެ ދަށުން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.