އަތޮޅުތައް

ކުޅުދުއްފުށީ ހިއްކި ބިން ތަރައްޤީކުރަނީ


ކުޅުދުއްފުށީ ހިއްކި ބިން
ތަރައްޤީކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށުމަށް ނިންމާފައިވާކަމަށް ހައުސިން
މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.



މިކަމާ ގުޅޭ ގޮތުން ޕީއެސްއެމް
އަށް މަޢުލޫމާތު ދެއްވަމުން ހައުސިންގ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙުމަދު
ޙަބީބް ވިދާޅުވީ،އެތަން
ތަރައްޤީކުރެވިގެންދާއިރު، އެކަށީގެންވާ ބަނދަރެއް ތަރައްޤީކުރެވިގެންދާނެ ކަމަށެވެ.
އަދި  އެކަމަށް ބޭނުންވާ ފައިސާ ހޯދުމަށް
ހަމަޖެހިފައިވަނީ ބޭރު ފަރާތެއްގެ އެހީގައި ކަމަށް ވެސް ސްޓޭޓް މިނިސްޓަރ
ވިދާޅުވިއެވެ.



ހައުސިން މިނިސްޓްރީއިން
މިހެން މިވިދާޅުވީ، ކުޅުދުއްފުށީގައި ހިއްކާފައިވާ ސަރަޙައްދު ތަރައްގީކުރުމަށް އެއްވެސް
ކަމެއް ނުކޮށް އޮތުމުން، އެސަރަޙައްދުގެ ބޮޑު ބައެއް ގިރަމުންދާތީ ހދ. އަތޮޅު
ކައުންސިލުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފައިވަނިކޮށެވެ.



ކުޅުދުއްފުށީގައި 28 ހެކްޓަރުގެ
ސަރަޙައްދެއް ހިއްކާފައިވަނީ 2010 އަހަރެވެ.



ޕަބްލިކް
ސަރވިސް މީޑިޔާ އަށް މަޢުލޫމާތު ދެއްވަމުން ހދ. އަތޮޅު ކައުންސިލްގެ ރައީސް
އަޙުމަދު އާތިފް ވިދާޅުވިގޮތުގައި، ފުޅާ މިނުގައި ސަތޭކަ ފޫޓު ހުންނަ ވަރުގެ
ސަރަޙައްދެއް މިހާރު ވަނީ ގިރައިގެން ގޮސްފައެވެ. އަދި މިކަން ހައުސިންގ
މިނިސްޓްރީއާއި އެންވަޔަރަމަންޓް މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައިވާކަމަށް
އޭނާ ވިދާޅުވެއެވެ.