ޚަބަރު

އިމާރާތްކުރުމުގެ މަސައްކަތްތައް އަލުން ފެށުމަށް ހުއްދައަށް އެދުމަށް އެޗްޑީސީން ހުޅުވާލައިފި


ކޯވިޑް ހާލަތާއި ގުޅިގެން ހުޅުމާލޭގައި ހުއްޓާލާފައިވާ ކޮންސްޓަރަކްޝަން މަސައްކަތްތައް އަލުންް ފެށުމުގެ ހުއްދަ ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ދީފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީން ބުނެފިއެވެ.

މިކަން އެޗްޑީސީއަށް އަންގާފައި ވަނީ ސަރކިއުލަރއަކުން މިމަހުގެ 1ވަނަ ދުވަހުއެވެ.

ކޯވިޑް 19ގެ ލޮކްޑައުންއާއި ގުޅިގެން ހުޅުމާލޭގައި ހުއްޓާލާފައިވާ ކޮންސްޓްރަކްޝަން މަސައްކަތްތައް އަލުން ފެށުމަށް ބޭނުންވާ މުނިސިޕަލް ހުއްދަތައް ދިނުމަށް ނިންމައި, މަސައްކަތް ފަށަން ބޭނުންވާ ކުންފުނިންތަކުން އެކަން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނަށް އަންގަމުންދިއުމަށް އެޗްޑީސީން މިހާރު ވަނީ އެދިފައެވެ.

މިކަމަށް އެދި އެޗްޑީސީގެ އީމެއިލް [email protected] އަދި [email protected] އަށް ހުއްދައަށް އެދި މެއިލްކުރުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.

އަދި ކުރެހުން ފާސްކުރަން ބޭނުންވާ މީހުން، އެކަމަށް އެދުމުގެ ފުރުސަތުވެސް މިހާރު ހުޅުވާލާފައިވާކަމަށް އެޗްޑީސީންވަނީ ބުނެފައެވެ.

އޭޕްރީލް 15 ވަނަދުވަހު މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއި އެކު މާލެ ސަރަހައްދުގެ މަސައްކަތްތަކާއި ޚިދުމަތްތައް ވަނީ ހުއްޓުމަކަށް އައިސްފައެވެ.