ޚަބަރު

ސީރިއާ ޣައްޒާ އަދި ޔުގެންޑާގެ 300 އާއިލާއަކަށް ލޯތްބާއިއެކު ދިވެހިންގެ އެހީތެރިކަން


ދުނިޔޭގެ ތިން ޤައުމަކުން ހާލުގައި ޖެހިފައިވާ 300 އާއިލާއަކަށް ލޯތްބާއިއެކު ދިވެހިންގެ ނަމުގައި އައިއޭސީން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބައިނަލް އަޤުވާމީ އެހީދޭ ޖަމިއްޔާތަކާއި ގުޅިގެން ޤައުމުތަކުގައި ހާލުގައި ޖެހިފައިވާ އާއިލާތަކަށް އެހީ ފޯރުކޮށްދިނުމުގައި އިންޓަނޭޝަނަލް އެއިޑްކެމްޕެއިނުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިންޓަނޭޝަން އެއިޑް ކެމްޕެއިނަކީ ދުނިޔޭގައި ޙާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ޖަމާއަތަކެކެވެ. ދިވެހިންގެ ދީލަތި އެހީ އާއި އެކު މިހާތަނަށްވެސް އެޖަމާއަތުން ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ.

ކޯވިޑް 19 އާއި ގުޅިގެން "ލޯތްބާއެކު 2020 ފެންޑަމިކް ރިލީފް"ގެ ނަމުގައި ވަނީ އައިއޭސީން ވަނީ ފަންޑެއްހުޅުވާފައެވެ. ލޯތްބާއެކު ކެމްޕެއިނަކީ، 2018 ވަނަ އަހަރު ފެށި ކެމްޕެއިނެކެވެ. އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) ގެ ފަރާތުން ކުރިޔަށް ގެންދާ މި ހަރަކާތައް ބޮޑު ތަރްޙީބެއް މި އަހަރު ލިބިފައިވާއިރު، މި އަހަރުގެ މި ކެމްޕޭނަށް މިހާތަނަށް ޖުމްލަ 827,171.18ރ (އަށްލައްކަ ހަތާވީސްހާސް ހަތްސަތޭކަ ހަތްދިހައެއް ރުފިޔާ އަށާރަ ލާރި) ލިބިފައިވެއެވެ. އައިއޭސީއިން ހާމަކުރާ ގޮތުގައި ދިވެހިރާއްޖެއަށްވެސް ކުރިމަތިވެފައިވާ ކޮވިޑް 19 ރޯގާގެ ބަލިމަޑުކަމުގެ ހައްސާސް ދަނޑިވަޅުގައިވެސް އެތައް ދިވެހިނެއް މި ކެމްޕޭނަށް ވަނީ އެހީވެފައެވެ.

މި ފައިސާގެ އެހީގައި އެކި ޤައުމުތަކުގައި ތިބި ފަޤީރުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ ޢަމަލީ މަސައްކަތް އައިއޭސީއިން ވަނީ ފަށާފައެވެ.
އައިއޭސީން މަޢުލޫމާތުދޭ ގޮތުގައި ލޮތްބާއެކު 2020ކެމްޕެއިންގެ އެހީ ފޯރުކޮށްދިނުން މިހާތަނަށް 3 ސަރަޙައްދެއްގައިވަނީ ކުރިއަށްގެންގޮސްފައެވެ. އެހީގެތަކެތި ބަހާފައިވާ ސަރަޙައްދުތަކަކީ ޔުގެންޑާ، ފަލްސްތީންގެ ގާޒާއާއި ތުރުކީގެ ބޯޑަރު ސަރަޙައްދުގައި ދިރިއުޅެމުންދާ ސީރިއާ ރެފިއުޖީންނަށެވެ.

އެގޮތުން ޔުގެންޑާގެ 100އާއިލާއަށް ވަނީ މުޅި ރަމަޟާންމަހަށް ފުދޭވަރަށް ކާބޯތަކެއްޗާއި ހައިޖީން ޕެކޭޖް ހަދިޔާކޮށްފައެވެ. އަދި ތުރުކީ ބޯޑަރު ސަރަޙައްދުގައި ދިރިއުޅޭ ސީރިއާ ރެފިއުޖީންގެ 100 އާއިލާއަށްވެސް ވަނީ މުޅި ރަމަޟާންމަހަށް ވާވަރަށް ކާބޯތަކެތީގެ ޕެކޭޖް ޞަދަޤާތްކޮށްފައެވެ. ގާޒާގެ 100އާއިލާއަށްވެސް ވަނީ ކާބޯތަކެތީގެ ޕެކޭޖު ޞަދަޤާތްކޮށްފައެވެ.

އައިއޭސީގެ މި ކެމްޕެއިންގައި މި 3ސަރަޙައްދުގެ އިތުރަށް ރޮހިންޔާ ރެފިއުޖީންނާއިި ނޭޕާލް އަދި ޔަމަންގެ ނިކަމެތި އާއިލާތަކަށް އެހިވުމަށް ހަމަޖެހިފައިވާ ކަމުގައި އައިއޭސީން ވަނީ ބުނެފައެވެ.

އައި އޭސީން ފޯރުކޮށްދެނީ، 6 މީހުންގެ އާއިލާއަކަށް އެއްމަސް ދުވަހުގެ ކާބޯތަކެއްޗާއި ހައިޖީން ޕެކޭޖެކެވެ. މިޕެކޭޖަށް ހޭދަވަނީ 60ޑޮލަރުކަމަށް އައިއޭސީން މަޢުލޫމާތުދެއެވެ.

މި ކެމްޕެއިނުގައި އެހީވުމުގެ ފުރުސަތު މިމަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. "ލޯތްބާއެކު 2020 ކޭމްޕެއިން"އަށް ފައިސާ ހަދިޔާކުރެވޭނީ 7770000026259 އެކައުންޓް މެދުވެރިކޮށެވެ. މި ކެމްޕެއިންގެ މަޢުލޫމާތު އައިއޭސީގެ ހޮޓްލައިން 9122121 އިން ހޯއްދެވޭނެއެވެ.