ޚަބަރު

ކޯވިޑަށް-19 : ބަންގްލަދޭޝް މީހާ ނިޔާވީ ސިކުޑިޔަށް ލޭ އެޅިގެން


އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވި ބަންގްލަދޭޝް މީހާ ނިޔާވެފައިވަނީ ސިކުނޑިޔަށް ލޭއެޅިގެން ވެންޓިލޭޓަރުގައި ފަރުވާދެމުން ދަނިކޮށް ކަމުގައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެސެންޓަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމް ހޮސްޕިޓަލުގެ ޑޮކްޓަރ ޑރ.މުޙައްމަދު ފައިޝަމް ވިދާޅުވީ މިމީހާއަކީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހެއްކަމަށެވެ. ނަމަވެސް މިމީހާ މަރުވެފައިވަނީ އެހެން މައްސަލަތަކެއް ދިމާވެގެންކަމަށް ޑޮކްޓަރ ވިދާޅުވިއެވެ. އެގޮތުން ސެނެހިޔާއިން މިމީހާ އައިޖީއެމް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ޚާލުސީރިއަސްކަމަށެވެ. އަދި މިމީހާއަށް ފަރުވާދެމުންދިޔައިރު ސިކުނޑިއަށް ލޭއެޅުމުގެ ސަބަބުން ފަރުވާދެމުންދިޔައީ ވެންޓިލެޓަރުގައިކަމަށެވެ.

މިމީހާއަށް ނިޔާވެފައިވަނީ ކޯވިޑް-19ގެ ސަބަބުން ލިބުނު ގެއްލުންތަކަށްވުރެބޮޑަށް ސިއްޙީ އެހެން މައްސަލަތަކެއް ދިމާވެގެންކަން މިހާތަނަށް ބެލިލުމުން އެގިފައިވާކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ. ޑޮކްޓަރު ވިދާޅުވިގޮތުގައި އޭނާ މަރުވީ ލޭގެ ޕްރެޝަރު ބޮޑުވުން ނުވަތަ ޓިއުމަރެއް ހުރުމުގެ ސަބަބުން ޕްރެޝަރު ބޮޑުވެގެންކަމަށް މިހާތަނަށް ހާމަވެފައިވެއެވެ.

މިމީހާ މަރުވުމާގުޅިގެން ރާއްޖޭގައި ހުންނަ ބަންގްލަދޭޝް އެމްބަސީ މެދުވެރިކޮށް އޭނާގެ ޢާއިލާއަށް އެކަން ވަނީ އަންގާފައިވާކަމަށާ، ރާއްޖޭގައި ކޯވިޑް-19އާ ގުޅިގެން ހެދިފައިވާ އެސްއޯޕީތަކާއި އެއްގޮތަށް ރާއްޖޭގައި އެމީހާ ވަޅުލުމަށް ހަމަޖެހިފައިވާކަމަށްވެސް ޑޮކްޓަރު ވިދާޅުވިއެވެ.

އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު ހެނދުނު ނިޔާވި ބަންގްލަދޭޝްގެ މިމީހައަކީ އުމުރުން 33 އަހަރުގެ މީހެކެވެ.