ޚަބަރު

ކޯވިޑް-19ޖެހިގެން މަރުވި މީހުންގެ ޢަދަދު 2 އަށް


ކޯވިޑް-19ޖެހިގެން ރާއްޖެއިން މަރުވި މީހުންގެ ޢަދަދު 2 އަށް އަރައިފިއެވެ.

އެޗްޕީއޭއިން ވިދާޅުވީ އެމީހާއަކީ ބަންގްލަދޭޝްގެ މީހެއްކަމަށާއި، އޭނާގެ ޙާލު ސީރިއަސްވެގެން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ރޭގައިކަމަށެވެ. އަދި އޭނާ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވަނީ ހޮސްޕިޓަލަށް ގެންދިޔަ ފަހުން ހެދި ޓެސްޓުންކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.

ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. އެގޮތުން ރާއްޖެއިން މިހާތަނަށް މިބަލި ޖެހުނު 362 ބިދޭސީންގެ ތެރެއިން 284 މީހުންނަކީ ބަންގްލަދޭޝްގެ މީހުންނެވެ. މި ބަލި ޖެހުނު ދިވެހިންގެ އަދަދަކީ 196އެވެ.

ރާއްޖޭގައި ގިނަ އަދަދެއްގެ ބިދޭސީންނަށް ކޯވިޑް-19 ޖެހިފައިވާއިރު، މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މާލޭގައި ބިދޭސީން ތޮއްޖެހިގެން ދިރިއުޅެމުންދާ ތަންތަނުން އެމީހުން ރައްކާތެރި ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ.