ވިޔަފާރި

ފުވައްމުލަކު ސިޓީގެ ފިހާރަތައް މިމަހުގެ 17 އާއި ހަމައަށް ބަންދުކޮށްފައި ބެހެއްޓުމަށް ނިންމައިފި


ފުވައްމުލަކު ސިޓީގެ ފިހާރަތައް މިމަހުގެ 17 އާއި ހަމައަށް ބަންދުކޮށްފައި ބެހެއްޓުމަށް އެ ސިޓީގެ ކައުންސިލުން ނިންމައިފިއެވެ.

ފުވައްމަލަކު ސިޓީ ކައުންސިލުން ވަނީ 23 އެޕްރީލްއިން ފެށިގެން މެއި މަހުގެ 3 ވަނަ ދުވަހާއި ހަމައަށް އެ ސިޓީގެ ހުރިހައި ފިހާރަތަކެއް ބަންދުކުރުމަށް ނިންމާފައެވެ. ނަމަވެސް ޑެލިވަރީގެ ޙިދުމަތް ފޯރުކޮށްދެވޭނެކަމަށް ކައުންސިލުން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް ފިހާރަތައް ހުޅުވޭ މުއްދަތު ފުވައްމުލަކު ސިޓީ ކައުންސިލުން އަނެއްކާވެސް ވަނީ އިތުރުކޮށްފައެވެ.

ކައުންސިލުން ނެރުނު ބަޔާނުގައި ބުވިދާޅުވެފައިވަނީ އެ ސިޓީގެ ފިހާރަތައް ހުޅުވައިގެން ވިޔަފާރިކުރުން މަޑުޖައްސާލުމަށް ނިންމާފައިވާ ނިންމުމުގެ މުއްދަތު 17 މެއި އާއި ހަމައަށް އިތުރުކޮށްފައިވާކަމަށެވެ. މި މުއްދަތުގެ ތެރޭގައި ފިހާރަތަކުން މިހާރުވެސް އަމަލުކުރަމުންދާ އުސޫލާއިއެއްގޮތައް ތަކެތި ގޭގެއަށް ޑެލިވަރ ކުރެވޭނެކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވީ، މުއްދަތު އިތުރުކުރީ، މުޅި ރާއްޖެއަށް އިއުލާންކޮށްފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކޮށްފައިވުމާއި، މިބަލި އިތުރަށް ފެތުރުމުގެ ފުރުސަތު އޮތުމާއި ގުޅިގެން ރައްތިތުންގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުންކަމަށެވެ.